Wednesday, 9 September 2026
Ads by

އެންމެ ފުރަތަމަ މާތް ﷲ ގެ ޙައްޤުތަކެވެ!

އެންމެ ފުރަތަމަ މާތް ﷲ ގެ ޙައްޤުތަކެވެ!

الحمد لله. والصلاة والسلام على رسول الله.

Ad Image
Ads by

ކާއިނާތުގައި ވާހާ މަޚްލޫޤުންނެކޭ އެއްފަދައިން އަޅުގަނޑުމެން އިންސާނުންނަކީ ވެސް މާތް ﷲ ގެ ކުޅަދުންވަންތަކަމުން ޚަލްޤުކުރައްވައި، ގުނާ ނުލެވޭހާ ގިނަގުނަ ނިޢުމަތްތައް ދެއްވާފައިވާ އެކަލާނގެ އަޅުންތަކެކެވެ. ދުނިޔޭގައި އުޅުމަށްޓަކައި ޞިއްޙަތާއި، މުދަލާއި، އަނބިދަރިންނާއި، ނޭވާލާނެ ވައިގެ އިތުރުން ސާފު ސީދާ ހިދާޔަތުގެ މަގު އެކަލާނގެ ވަނީ އަޅުގަނޑުމެންނަށް ދައްކަވާފައެވެ. މި ހުރިހާ ނިޢުމަތްތަކާ އެކު، އިންސާނާގެ މައްޗަށް މާތް ﷲ ލާޒިމު ކުރެއްވީ އެންމެ ކަމެކެވެ. އެއީ އެހެން އެއްވެސް ފަރާތެއް މެދުވެރިކުރުމެއް ނެތި، ބައިވެރިކުރުމެއް ވެސް ނެތި، އެކަލާނގެއަށް އެކަނި އަޅުކަން ކުރުމެވެ. ހިތުގެ އަޑިން އެކަމަށް ޤަބޫލުވެގެން ހުންނަ ޙާލުގައެވެ. އެއީ އަޅުގަނޑުމެންގެ މައްޗަށްވާ އެންމެ އިސް ވާޖިބެވެ. އެއީ އެކަލާނގެއަށް އަދާކުރަން ޖެހޭ އެންމެ ފުރަތަމަ ޙައްޤެވެ.

މުޢާޛު ބިން ޖަބަލް رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ: ”ތިމަންކަލޭގެފާނު ޙިމާރެއްގެ ބުރަކަށި މަތީގައި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ފަހަތްޕުޅުގައި އިންނަވަނިކޮށް… ޙަދީޘް ކުރެއްވިއެވެ: ’އޭ މުޢާޛެވެ! އަޅުންގެ މައްޗަށްވާ މާތް ﷲ ގެ ޙައްޤަކީ ކޮބައިކަމާއި، މާތް ﷲ ގެ މައްޗަށްވާ، އަޅުންގެ ޙައްޤަކީ ކޮބައިކަން ކަލޭގެފާނަށް އެނގިލައްވާތޯއެވެ؟‘ ތިމަންކަލޭގެފާނު ދެންނެވީމެވެ: ’މާތް ﷲ އާއި އެކަލާނގެ ރަސޫލާ ދެނެވޮޑިގަތުން ބޮޑެވެ.‘ އެކަލޭގެފާނު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ: ’ފަހެ، އަޅުންގެ މައްޗަށްވާ މާތް ﷲ ގެ ޙައްޤަކީ، އެކަލާނގެއަށް އެކަނި އަޅުކަންކުރުމާއި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ. އަދި މާތް ﷲ ގެ މައްޗަށްވާ އަޅުންގެ ޙައްޤަކީ، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާ މީހަކަށް ޢަޛާބު ނުދެއްވުމެވެ‘.“ (رواه البخاري ومسلم)

މާތް ﷲ ގެ ޙައްޤުތައް އަދާކުރުމަށްޓަކައި އެއާ ބެހޭ ޢިލްމު އުނގެނެން ޖެހެއެވެ. ތިރީގައި އެވަނީ އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަންތަކެވެ.

ތައުޙީދު: މާތް ﷲ އެއްކައުވަންތަކުރުން

ތައުޙީދަކީ މާތް ﷲ ގެ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު ޙައްޤެވެ. އެކަމުގައި ފައި ކައްސާލައިފި މީހަކީ ހުރިހާ ކަމެއް ބާޠިލުވެފައިވާ މީހެކެވެ. ތައުޙީދުގައި ނަޖާވާން އެދޭ މީހާ، ތިން ކަމެއްގައި ތައުޙީދު ޤާއިމުކުރަން ޖެހެއެވެ. އެއީ؛ އަޅުކަމުގައި އެއްކައުވަންތަ ކުރުމާއި، ރައްބުވަންތަކަމުގައި އެއްކައުވަންތަ ކުރުމާއި، އެކަލާނގެ ނަންފުޅުތަކާއި ޞިފަފުޅުތަކުގައި އެއްކައުވަންތަ ކުރުމެވެ.

އެގޮތުން، އަޅުގަނޑުމެން ކުރާ ނަމާދާއި ދުޢާތަކާއި ހިފާ ރޯދަ ފަދަ ހުރިހާ އަޅުކަމެއް ސީދާ އަމާޒު ކުރަންޖެހޭނީ މާތް ﷲ އަށެވެ. އޭގެއިން އެއްވެސް ކަމެއްގައި އެހެން ފަރާތަކަށް ބައެއް އަޅައިފި ނަމަ އެ މީހެއްގެ ކިބައިން މާތް ﷲ އެކަން ޤަބޫލެއް ނުކުރައްވާނެއެވެ.

  • މިސާލަކަށް: ނަމާދަށް ހުއްޓާ، އޮފީސް ބޮޑުމީހާ، ނުވަތަ މަންމަ ބައްޕަ، ނުވަތަ އެ ނޫން ވެސް މީހަކު އައުމުން، އެ މީހަކަށް ޓަކައި، އެ މީހާ އެތަނުގައި ހުރީތީވެ، ތިމާ ކުރަމުން އައި ނަމާދު އިތުރަށް ރަނގަޅުކޮށްލައި، ރީތިކޮށްލައިފި ނަމަ އެހިސާބުން ތިމާ ކުރަމުން އައި ނަމާދަށް އެއޮތީ ޝިރުކުގެ މިންވަރެއް ވަދެފައެވެ. މާތް ﷲ އަށް ކުރަމުން އައި އަޅުކަމުން ކޮންމެވެސް މިންވަރެއް އެއޮތީ އެހެން ފަރާތަކާ ޙިއްޞާ ކުރެވިފައެވެ.

ހަމަ އެފަދައިން، އިރުހަނދު ދައުރުވުމާއި، ދުނިޔޭގެ ނިޒާމު ހިންގުމުގައި މާތް ﷲ ނޫން އެހެން ފަރާތެއްގެ ޙިއްޞާއެއް، ނުވަތަ ގޮތް ކިޔުމެއް އޮތް ކަމަށް ޤަބޫލުކޮށްފި ނަމަ، އެއޮތީ މާތް ﷲ ގެ ރައްބުވަންތަ ކަމުގެ ޞިފަފުޅުގައި އެހެން ފަރާތެއްގެ ޙިއްޞާއެއް އޮތް ކަމަށް ދެކެވިފައެވެ. އެފަދައިން ދެކޭ މީހަކު އެވަނީ މާތް ﷲ ގެ ރައްބުވަންތަ ކަމުގައި ޝިރުކު ކޮށްފައެވެ.

  • މިސާލަކަށް: އުޑުގައިވާ ތަރިތަކާ ގުޅުވައިގެން ޖާހިލިއްޔަ ޒަމާނުއްސުރެ މީހުން ކިޔައި އުޅޭ ހޮރޮސްކޯޕްއަކީ، މީސްތަކުންގެ ދިރިއުޅުމާއި މުސްތަޤްބަލަށް ގޮތް ކަނޑައަޅާ އެއްޗެއް ކަމުގައި ދެކެފި މީހާ އެވަނީ ރައްބުވަންތަ ކަމުގެ ދާއިރާގައި މާތް ﷲ އަށް ޝިރުކުކޮށްފައެވެ.

އަދި ހަމަ އެބީދައިން، މާތް ﷲ އަށް ޚާއްޞަ ޞިފަފުޅުތަކުން މިންވަރެއް، އެހެން ފަރާތަކަށް ލިބިގެންވާ ކަމަށް ޤަބޫލުކޮށްފި މީހާ ވެސް އެވަނީ ޝިރުކުގެ ތެރެއަށް ވެއްޓިފައެވެ.

މި ދެންނެވުނު ކަންކަމަކީ، މިއަދާ ހަމައަށް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ޢާންމު ކަންތައްތަކެކެވެ. ކާފިރުންނެކޭ އެއްފަދައިން އެކަންކަމުގެ ކޮންމެވެސް މިންވަރެއް މުސްލިމުންގެ މެދުގައި ވެސް އޮތްކަމީ ޤަބޫލުކުރަންޖެހޭ ހިތި ޙަޤީޤަތެކެވެ.

ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައި ވެއެވެ:

”ޤިޔާމަތް ދުވަހުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ލުއި ޢަޛާބު ލިބޭ މީހާއަށް މާތް ﷲ ވަޙީކުރައްވާނެއެވެ: ’ދުނިޔޭގައި ވާހާ އެއްޗެއް ތިބާއަށް މިލްކުވެގެންވީ ނަމަ، (މި ޢަޛާބުން ސަލާމަތްވުމަށް ޓަކައި) އެތަކެތި ފިދުޔައެއްގެ ގޮތުގައި ދޭނަން ހެއްޔެވެ؟‘. އެމީހާ ދަންނަވާނެއެވެ؛ ’އާދޭހެވެ‘. އެހިނދު އެކަލާނގެ ވަޙީކުރައްވާނެއެވެ: ’ތިބާ އާދަމްގެފާނުގެ ބުރަކަށިފުޅުގައި ވީއިރު، ތިމަން ރަސްކަލާނގެ ތިބާގެ ކިބައިން އެދިވޮޑިގެންނެވީ މިއަށްވުރެ މާ ލުއި، މާ ފަސޭހަ ކަމަކަށެވެ. އެއީ ތިމަންރަސްކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރުމަށެވެ. ނަމަވެސް ތިބާ ޝަރީކުކުރުމަށް މެނުވީ އިންކާރުކުރީއެވެ.'“ (رواه البخاري ومسلم)

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

﴿وَمَا يُؤْمِنُ أَكْثَرُهُم بِاللَّهِ إِلَّا وَهُم مُّشْرِكُونَ﴾‏ (سورة يوسف: 106)

މާނައީ: ”އަދި އެއުރެންކުރެ ގިނަމީހުން، شريك ކުރާ ބަޔަކުކަމުގައިވާ حال ގައި މެނުވީ، اللَّه އަށް إيمان އެއް ނުވެތެވެ.“

ކަންމިހެން އޮތްއިރު، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަމުގައި ކިތަންމެ ބިޒީވި ނަމަވެސް، މާތް ﷲ ގެ ޙައްޤުތައް އެކަލާނގެއަށް އަދާކުރުމަށް އިސްކަންދޭންޖެހެއެވެ. އެކަންކަން ދެނެގަންނަން ވަގުތު ހުސްކުރަން ޖެހެއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. އަޅުގަނޑުމެން އެނބުރިދާން އޮތީ އެކަލާނގެ ޙަޟްރަތަށެވެ. އެނބުރި ދިއުމުން އެންމެ ފުރަތަމަ ވެސް ސުވާލު ކުރެވޭނީ މާތް ﷲ އާ މެދުގައެވެ. ތިމާ އެކަލާނގެ މަޢުރިފާކޮށް ދެނެގަތްތޯއެވެ؟

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި