Wednesday, 9 September 2026
Ads by

ފަހަތުން އަރާ ޖެހި 2 ލަނޑުން ބެލްޖިއަމް އިން ސެނެގާލް ބަލިކޮށް ގަދަ 16 އަށް!

ފަހަތުން އަރާ ޖެހި 2 ލަނޑުން ބެލްޖިއަމް އިން ސެނެގާލް ބަލިކޮށް ގަދަ 16 އަށް!

2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ގަދަ 32 ގެ ބުރުގައި ސެނެގާލް އަތުން 3-2 އިން މޮޅުވުމުން ބެލްޖިއަމްގެ ޔޫރީ ޓިއެލެމަންސް އުފާފާޅުކުރަނީ… ފޮޓޯ| އޭއެފްޕީ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ގެ ބުރުގައި، ސިއެޓްލްގައި ކުޅުނު ފޯރިގަދަ މެޗުން ސެނެގާލް އަތުން 3-2 އިން މޮޅުވެ، ބެލްޖިއަމް މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފިއެވެ.

Ad Image
Ads by

ބުދަ ދުވަހު ކުޅުނު މި މެޗުގެ ބޮޑު ބައެއްގައި ސެނެގާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި، މެޗު ކޮންޓްރޯލްކޮށްފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި ހަބީބް ދިއާރާ ވަނީ ސެނެގާލްއަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް، 51 ވަނަ މިނެޓުގައި އިސްމާއީލް ސާ ވަނީ ސެނެގާލްގެ ދެވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްދީފައެވެ.

ބެލްޖިއަމް މުބާރާތުން ކަޓާނެ ކަމަށް ބެލެވިފައި ވަނިކޮށް، އެޓީމުން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ފަސް މިނެޓުގެ ތެރޭގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮމެލޫ ލުކާކޫ ބެލްޖިއަމްގެ ފުރަތަމަ ލަނޑު ޖެހިއިރު، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ޔޫރީ ޓީލަމަންސް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ބެލްޖިއަމްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ލިބުނީ ސެނެގާލްގެ ލަމީން ކަމާރާ، ޓީލަމަންސްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރް ބެލުމަށްފަހުގައެވެ. މެޗުގެ 125 ވަނަ މިނެޓުގައި ޓީލަމަންސް މި ޕެނަލްޓީ ކާމިޔާބުކޮށް، ބެލްޖިއަމްއަށް މުހިންމު މޮޅެއް ހޯދައިދިނެވެ.

މި ނަތީޖާއާއެކު ސެނެގާލް ވެފައިވަނީ މި ބުރުން ކެޓި އެފްރިކާގެ ހަތަރުވަނަ ގައުމަށެވެ. މީގެ ކުރިން ދެކުނު އެފްރިކާ، އައިވަރީ ކޯސްޓް އަދި ކޮންގޯ ވަނީ މި ބުރުން ކަޓާފައެވެ.

ގަދަ 16 ގެ ބުރުގައި ބެލްޖިއަމް ދެން ބައްދަލުކުރަން ޖެހޭނީ އެމެރިކާ ނުވަތަ ބޮސްނިއާ އެންޑް ހެރްޒެގޮވީނާގެ ތެރެއިން މޮޅުވާ ޓީމަކާއެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ސިއެޓްލްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި