Saturday, 24 October 2026
Ads by

60 ވަނަ މިނިވަންދުވަހުގެ ހުރިހާ ޙަރަކާތްތަކަށް ޚަރަދުވީ 4.1 މިލިއަން ރުފިޔާ: ހީނާ

60 ވަނަ މިނިވަންދުވަހުގެ ހުރިހާ ޙަރަކާތްތަކަށް ޚަރަދުވީ 4.1 މިލިއަން ރުފިޔާ: ހީނާ

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު މިއަދު ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަށް ޖަވާބުދާރީ ވެވަޑައިންނަވަނީ.. ފޮޓޯ | މަޖްލިސް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ހަރަކާތްތަކަށް ޚަރަދުވީ ޖުމްލަ 4.1 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު މިއަދު ހާމަކުރައްވައިފިއެވެ.

Ad Image
Ads by

މިނިސްޓަރު މި މައުލޫމާތު ހާމަކުރެއްވީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު މުޙައްމަދު އިބްރާހިމް ސުވާލު ކުރައްވާފައިވަނީ މިނިވަންދުވަހުގެ ހަރަކާތްތަކަށް ހިނގި ޚަރަދުތަކުގެ ތަފްސީލާއި، މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި މި ހަރަކާތްތައް ހިންގުމަށް ކުރި ޚަރަދުތައް ސާފުކުރުމަށެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ޙަރަކާތްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުވެފައިވަނީ ޖުމްލަ 4.1 މިލިއަން ރުފިޔާ ކަމަށެވެ. އަދި މި އަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތައް އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި ކުރިއަށް ގެންގޮސްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މާލެ ފިޔަވާ އަތޮޅުތެރޭގެ އެއްވެސް ތަނެއްގައި މި ހަރަކާތްތައް ހިންގާފައެއް ނުވޭ. އެހެންކަމުން އަތޮޅުތެރޭގައި މި ހަރަކާތްތައް ހިންގުމަށް އެއްވެސް ފައިސާއެއް ޚަރަދުވެފައި ނުވާކަން ދަންނަވަން،“ މަޖިލީހުގައި މެންބަރުންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރާއި ޚިލާފަށް، މިއަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތައް ކުލަގަދަކޮށް ބޭއްވުމުގެ ބަދަލުގައި، އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ހަރަކާތްތައް މަދުކޮށްފައިވާކަން ސަރުކާރުން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިސްރާފު މަދުކުރުމުގެ ސިޔާސަތެއްގެ ދަށުންކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި