Sunday, 26 July 2026
Ads by

އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއަށް

އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއަށް

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެމްޑަބްލިއުއެސްސީ

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ.

Ad Image
Ads by

އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާއެކު ސޮއިކޮށްފައި ވަނީ އައްޑޫ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠަޢާމު މުޙައްމަދެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދެވެ.

އެމްޑަބްލިއުއެސްސީން ބުނީ އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ދަށުން ސ. ހިތަދޫގައި އާރުއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 2،000 ޓަނުގެ ތިން ތާންގީ އާއި 1،000 ޓަނުގެ ތިން ތާންގީ އާއެކު ޖުމްލަ ހަ ތާންގީ ބެހެއްޓުމުގެ މަސައްކަތާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާ އަދި 100 ކިލޯވޮޓް ސޯލަރ ޕީވީ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނެފައި ވަނީ މި މަޝްރޫއުގެ ދަށުން ސ. ހުޅުމީދޫގައި އާރުއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ތިން ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާ އަދި 75 ކިލޯވޮޓް ސޯލަރ ޕީވީ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން ހިތަދޫ އާއި ހުޅުމީދޫއަށް ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ސ. މަރަދޫ، ސ. މަރަދޫ-ފޭދޫ އަދި ސ. ފޭދޫގައި ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ޖުމްލަ ހަތަރު ތާންގީ ބެހެއްޓުން ހިމެނޭ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އެ ރަށްރަށުގެ ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމް ހިންގައިދިނުމާ އަދި ސްޕެއަރ ފޯރުކޮށްދިނުން ވެސް ހިމެނޭ ކަމުގައެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ޖުމްލަ އަގަކީ 282 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި