Wednesday, 9 September 2026
Ads by

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބާ ގުޅޭ މަސައްކަތްތައް ޕާޓީގެ ލީޑަރޝިޕުން ބައްލަވާލައްވައިފި

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބާ ގުޅޭ މަސައްކަތްތައް ޕާޓީގެ ލީޑަރޝިޕުން ބައްލަވާލައްވައިފި

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބާ ގުޅޭ މަސައްކަތްތައް ޕާޓީގެ ލީޑާޝިޕުން ބައްލަވާލެއްވުން--- ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޕާޓީގެ ލީޑަރޝިޕުގެ އިސް ބޭފުޅުން ބައްލަވާލައްވައިފިއެވެ.

Ad Image
Ads by

އެގޮތުން ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވަނީ އެޕާޓީގެ އޮފީހަށް ޒިޔާރަތްކުރައްވައި، ދާއިރާތަކުގެ ރައީސުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިންތިހާބާ ގުޅޭ އެންމެފަހުގެ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން، ޕާޓީގެ ލީޑަރޝިޕުން ވަނީ އިންތިހާބީ ކޮމިޓީގެ މެންބަރުންނާއި، އިންތިހާބުގެ އިދާރީ މަސައްކަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވާ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަށަވަރުކުރުމެވެ.

މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިބަހާށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ޕާޓީން މައުލޫމާތު ދޭ ގޮތުގައި، ދާއިރާތަކުގެ ރައީސުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޕީއެންސީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނެތް ދާއިރާތަކުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އޮޓޮމެޓިކުން އެ ދާއިރާއެއް ތަމްސީލުކުރައްވާ މަޖިލީސް މެންބަރެވެ.

މި އިންތިހާބަށްފަހު، ޕީއެންސީގެ ދާއިރާތައް ވަރުގަދަކޮށް، ޕާޓީގެ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު