Ads by
ޚަބަރު
ދެވަނަ ބުރު ކާމިޔާބު ކުރުމަށްޓަކައި ކޮންމެ ބަޔަކާވެސް މަޝްވަރާ ކުރަން ތައްޔާރު: މާރިޔާ

ދެވަނަ ބުރު ކާމިޔާބު ކުރުމަށްޓަކައި ކޮންމެ ބަޔަކާވެސް މަޝްވަރާ ކުރަން ތައްޔާރު ކަމަށް ރައީސް އިބްރާހީމް މުޙަައްމަދު ޞާލިޙުގެ ރިޔާސީ އިންތިޙާބުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއި ބެހޭގޮތުން ވާހަކަ ދައްކަމުން މާރިޔާ ވިދާޅުވީ އިންތިޙާބު ކާމިޔާބު ކުރުމަށްޓަކައި ކޮންމެ ބަޔަކާވެސް މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށްށެވެ. 

މާރިޔާ ވިދާޅުވީ އަބަދުވެސް އެމްޑީޕީއަކީ މަޝްވަރާތަކަށް ތައްޔާރައް ތިބޭ ބައެއް ކަމަށެވެ. އަދި އެމްޑީޕީން މަޝްވަރާ ނުކުރާނެ ބަޔަކު ނުތިބޭނެ ކަމަށާއި ލިބުނު ނަތީޖާއަށް ވިސްނާނެ ކަމަށް ވިދާޅުވިއެވެ.

މާރިޔާ މިފަދައިން ވިދާޅުވެފައިވާއިރު އިންތިހާބުގެ ނަތީޖާއަށް ފަހު ނޫސްވެރިންގެެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ރޭ ވިދާޅުވީ، އެމްޑީޕީން  ކޯލިޝަން ހެދުމަށް މަސައްކަތް ކުރާނެކަމަށެވެ.

ދެވަނަ ބުރުން ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތްތޯ ސުވާލު ކުރުމުން ރައީސް ޞާލިޙް ވިދާޅުވީ އެކަން އެނގޭނީ މަސައްކަތް ފެށުމުން ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *