Sunday, 26 July 2026
Ads by

ފަލަޞްޠީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީ އަށް ފައިސާ ނުލިބި މިލިއަނަކަށްވުރެ ގިނަ މީހުން ނުރައްކަލުގަ!

ފަލަޞްޠީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީ އަށް ފައިސާ ނުލިބި މިލިއަނަކަށްވުރެ ގިނަ މީހުން ނުރައްކަލުގަ!

ފަލަޞްޠީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) އަށް ކުރިމަތިވެފައިވާ 100 މިލިއަން ޑޮލަރުގެ ބަޖެޓް ތަފާތު ފޫބެއްދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓަރޭޒް، ގޮވާލައްވައިފިއެވެ. ގުޓަރޭޒް ވިދާޅުވީ މި ފައިސާ ނުލިބިއްޖެނަމަ މިލިއަނަކަށްވުރެ ގިނަ ފަލަޞްޠީނު ރައްޔިތުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށެވެ.

Ad Image
Ads by

އަންގާރަ ދުވަހު ބޭއްވުނު އެހީދޭ ފަރާތްތަކުގެ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ގުޓަރޭޒް ވަނީ، އިސްރާއީލުން އެ އެޖެންސީއާ ދެކޮޅަށް ހިންގާ ”ދޮގު މަޢުލޫމާތު ފެތުރުމާއި ބަދުނާމުކުރުމުގެ ކެމްޕޭންތައް“ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އަދި އިސްރާއީލުން ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި އެޖެންސީގެ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ހާލަތަށް އިޝާރާތްކުރައްވައި ގުޓަރޭޒް ވިދާޅުވީ، އެތަނުގެ ދިރިއުޅުމުގެ ހާލަތު އޮތީ ”އިންތިހާއަށް ބިރުވެރި“ ދަރަޖައެއްގައި ކަމަށެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގައި އިސްރާއީލު މީހުން ހިންގާ ހަރުކަށި އަމަލުތަކާއި، ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ރެފިއުޖީންގެ ރައްކާތެރިކަން ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

1949 ވަނަ އަހަރު އުފެއްދި ޔޫ.އެން.އާރު.ޑަބްލިއު.އޭ އަކީ ޣައްޒާ، ހުޅަނގު އައްސޭރި، އިރުމަތީ ޤުދުސް، ލުބުނާން، އުރުދުން އަދި ސީރިއާގައި ތިބި 2.6 މިލިއަން ފަލަޞްޠީނު ރެފިއުޖީންނަށް ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ވަސީލަތެވެ. ނަމަވެސް، އިސްރާއީލުން ކުރި ހެކިނެތް ތުހުމަތުތަކަކާ ގުޅިގެން، އެޖެންސީއަށް އެންމެ ބޮޑު އެހީއެއް ދެމުން އައި އެމެރިކާއިން ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެހީ ދިނުން މެދުކަނޑާލާފައެވެ.

މި ބައްދަލުވުމުގައި ތުރުކީވިލާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަޙްމަދު ޔިލްޑިޒް ވިދާޅުވީ، އިސްރާއީލުގެ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިއީ ފަލަޞްޠީނު ރައްޔިތުން އެނބުރި އެމީހުންގެ ވަޒަނަށް ދިއުމަށް އޮތް ޙައްޤު ނިގުޅައިގަތުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޔޫ.އެން.އާރު.ޑަބްލިއު.އޭ ގެ 390 މުވައްޒަފުން ވަނީ ޝަހީދުކޮށްލާފައެވެ. ގުޓަރޭޒް ވިދާޅުވީ، މެންބަރު ޤައުމުތަކުގެ މާލީ އެހީތެރިކަން އަވަސް ފުރުޞަތެއްގައި ނުލިބިއްޖެނަމަ، އެޖެންސީގެ ޚިދުމަތްތައް މުޅިން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި