Ads by
ޚަބަރު
ދެވަނަ ބުރަށް ރީ-ރަޖިސްޓްރީ ވުމަށް ދެ ދުވަހުގެ މުއްދަތެއް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ދެވަނަ ބުރުގައި ވޯޓުލާން އެދޭނަމަ، ރީ-ރަޖިސްޓްރީ ކުރުމަށް ދެ ދުވަސް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ދެވަނަ ބުރުގައި ވޯޓު ލާން އެދޭ މީހުންނަށް، ރީ-ރަޖިސްޓްރީކުރަން ދެ ދުވަސް ދޭނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ދެވަނަ ބުރަށް ރީ ރަޖިސްޓްރީ ކުރުން ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 16-17 ގައި ކަމަށެވެ. ނަމަވެސް ދުވަސް ރަސްމީކޮށް ފަހުން އިއުލާން ކުރާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ކުރީގައި އޮތީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. މުޢިއްޒަށް ލިބިވަޑައިގެންނެވީ 46.15 އިންސައްތައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 39.05 އިންސައްތައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *