Monday, 14 September 2026
Ads by

ތުހުމަތުތައް ދޮގުކުރައްވާ ހީނާ: އެމްއެމްޓީވީ އުފެއްދުމަށް އެންސްޕާއިން ހަރަދު ކޮށްފައެއްނުވާނެ

ތުހުމަތުތައް ދޮގުކުރައްވާ ހީނާ: އެމްއެމްޓީވީ އުފެއްދުމަށް އެންސްޕާއިން ހަރަދު ކޮށްފައެއްނުވާނެ

ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްއެމްޓީވީ އުފެއަދުމަށް އެންސްޕާއިން އެއްވެސް ހަރަދެއް ކޮށްފައިނުވާނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މައިދުގެ ޖަލްސާގައި ކެންދޫ ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، އެމްއެމްޓީވީ ހަދަން އެންސްޕާގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި އެ މައްސަލައަކީ އޭސީސީން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއްކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.

”އެކަމާ ގުޅޭގޮތުން އިއްޒަތްތެރި މެމްބަރުންނަށް އެ މައްސަލަ ހިނގާފައިވާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ވެސް އަދި އޭސީސީން ތަހުގީގުކޮށް ނިންމާފައި އޮތް ރިޕޯޓުން ވެސް،“ – މިނިސްޓަރު ހީނާ ވިދާޅުވިއެވެ.

އޭސީސީން މި މައްސަލަ ބަލަން ފެށީ، އިދިކޮޅު އެމްޑީޕީން ކުރަމުން އައި ތުހުމަތުތަކާ ގުޅިގެން އެންސްޕާގެ އިސްނެގުމުގެ މަތިން މި މައްސަލަ ބަލައިދިނުމަށް އޭސީސީގައި އެދުމުންނެވެ. އެ ދުވަސްވަރު ހީނާއަކީ އެންސްޕާގެ ސީއީއޯ ކަމުން، އެމްޑީޕީގެ އިސްފަރާތްތަކުން ވަނީ ހީނާއާ ގުޅުވައިގެން ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކައިފައެވެ.

މި މައްސަލަ ތަހުގީގުކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވެސް ރިޕޯޓެއް ނެރެފައިވެއެވެ. އެ ރިޕޯޓުގައި ވެސް ވަނީ އެމްއެމްޓީވީ އުފައްދަން އެންސްޕާއިން އެއްވެސް ހަރަދެއް ކޮށްފައިނުވާކަން ފާހަގަކޮށް އެމްޑީޕީގެ ތުހުމަތުތައް ދޮގުކޮށްފައެވެ. މިކަމާ ގުޅިގެން އެމްއެމްޓީވީ ހިންގާ ކުންފުނިން ވެސް އޭރު ވަނީ އެމްޑީޕީގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގޮތުން އެ ޓީވީ ޗެނަލް އުފެއްދުމަށް ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ ފައިސާއެއް ބޭނުންކޮށްފައިނުވާނެ ކަމަށް އެމްއެމްޓީވީން ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
472483_f23f3663-7_
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް، ރާއްޖެ ވަޑައިގެންފި
20260913_215603
ތުރުކީގެ "މަގޭ ޢާއިލާ ރައްކާތެރި" ރެެއިޑް: ލާދީނީ އެލްޖީބީޓީ ހަރުކަށި ޖަމާޢަތްތަކަށް ނިސްބަތްވާ 26 މީހުން ހައްޔަރުކޮށްފި
b_202609140349441789382984
މީހުން ބަލަބަލާ ތިއްބާ ޓީވީއެއް ވަގަށް ނަގައިގެން ފިލައިފި
raeesoffice_presidentoffice2
ރައީސް އޮފީހުގެ 2 މަގާމަކަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި
Ads by
މަގުބޫލު
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި