Wednesday, 9 September 2026
Ads by

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަލްއުސްތާޛް މުޙައްމަދު ފިރުޒުލް އައްޔަނުކުރައްވައިފި

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަލްއުސްތާޛް މުޙައްމަދު ފިރުޒުލް އައްޔަނުކުރައްވައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

Ad Image
Ads by

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ ދ. ކުޑަހުވަދޫ، ޝަބްނަމީގެ، އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ.

އަލްއުސްތާޛް މުޙައްމަދު ފިރުޒުލް މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ 1 ޖުލައި 2024 އިން ފެށިގެންނެވެ. ފިރުޒުލްއަކީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި މުހިންމު ޒިންމާތަކެއް އަދާކުރައްވާފައިވާ، އިލްމީ އަދި ޤާނޫނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

ފިރުޒުލްއަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ބާ އެގްޒާމް ފުރިހަމަކުރައްވާފައިވާ ޤާނޫނީ ވަކީލެއްގެ އިތުރުން، މާތް ﷲ ގެ ކަލާމްފުޅު ހިތުދަސްކުރައްވާފައިވާ ޙާފިޛެއްވެސް މެއެވެ. މީގެ އިތުރުން، ފިރުޒުލްއަކީ ދީނީ ދަރުސް ދެއްވުމުގެ ހުއްދަ އޮންނަ އިމާމެއްގެ ގޮތުގައި ފާހަގަކުރެވޭ، ނަމޫނާ އަޚްލާޤެއްގެ ވެރި ޒުވާން ބޭފުޅެކެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައު ބޭފުޅަކު މި އައްޔަނުކުރެއްވީ، އެ ކޯޕަރޭޝަންގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމުގެ މަޤްޞަދުގައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް ބަދަލުތައް ގެންނަމުންދާއިރު، ފިރުޒުލް ފަދަ އިލްމީ އަދި ޤާބިލު ބޭފުޅަކު މި މަޤާމަށް އައްޔަނުކުރެއްވުމަކީ ހައްޖު ކޯޕަރޭޝަނަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. މި އައްޔަނުކުރެއްވުމާއެކު، ހައްޖާއި އުމްރާގެ ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި