Sunday, 26 July 2026
Ads by

ހާލަންޑްގެ ފަހު ވަގުތުގެ ލަނޑުން ނޯވޭ ގަދަ 16 އަށް، އައިވޮރީ ކޯސްޓް މުބާރާތުން ކަޓައިފި

ހާލަންޑްގެ ފަހު ވަގުތުގެ ލަނޑުން ނޯވޭ ގަދަ 16 އަށް، އައިވޮރީ ކޯސްޓް މުބާރާތުން ކަޓައިފި

ނޯވޭ އަދި އައިވޮރީ ކޯސްޓް ބައްދަލުކުރި މެޗުގެ ތެރެއިން..

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި އެމެރިކާގެ ޑާލަސްގައި ކުޅުނު ފޯރިގަދަ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ނޯވޭއިން މުބާރާތުގެ ގަދަ 16 ބުރަށް ދަތުރުކޮށްފިއެވެ. މި މެޗުން ބަލިވުމާއެކު އައިވޮރީ ކޯސްޓް ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.

Ad Image
Ads by

ގައި ނޯވޭއަށް ކުރިހޯދައިދިނީ އެންޓޯނިއޯ ނޫސާއެވެ. އޭނާ ވަނީ އޭރިއާގެ ބޭރުން ވަރަށް ރީތި ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލާއެކު އުމުރުން 21 އަހަރުގެ ނޫސާ ވެފައިވަނީ ބޮޑު މުބާރާތެއްގައި ނޯވޭއަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ނަމަވެސް، ދެވަނަ ހާފުގައި އައިވޮރީ ކޯސްޓުން ކުޅުން ރަނގަޅުކޮށް ނޯވޭގެ ގޯލަށް ބާރުބޮޑުކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ އަމަދު ދިއާލޯ ވަނީ ހިތްގައިމު ސޯލޯ ގޯލަކުން ނަތީޖާ އެއްވަރުކޮށްފައެވެ. އަމަދު ވަނީ އޭގެ ކުޑައިރުކޮޅެއް ކުރިން ނޯވޭގެ ޓޯބްޔޯން ހެގްމް ފޮނުވާލި ހަމަލާއެއް ގޯލުގެ ރޮނގުމަތިން ދިފާއުކޮށްފައެވެ.

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ނޯވޭ މޮޅުކޮށްދިނީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑް އާލިން ހާލަންޑެވެ. މެޗުގެ 86 ވަނަ މިނެޓުގައި އޮސްކާ ބޮބް އާއި ޕެޓްރިކް ބާގް ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ވަނީ ގާތުގައި ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި 5 ވަނަ ގޯލެވެ. އަދި ނޯވޭއަށް ކުޅުނު ފަހު 13 ރަސްމީ މެޗުގައިވެސް އޭނާ ވަނީ ގޯލު ޖަހާފައެވެ.

މި މެޗުގައި ނޯވޭގެ ކެޕްޓަން މާޓިން އޮޑެގާޑް ވަނީ ތާރީޚީ ރެކޯޑެއް ގާއިމުކޮށްފައެވެ. އޭނާ ވެފައިވަނީ 1966 ވަނަ އަހަރަށްފަހު، ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ތިން މެޗުންވެސް އެސިސްޓް ހެދި ތިންވަނަ ކުޅުންތެރިޔާއަށެވެ.

ގަދަ 16 ގެ ބުރުގައި ނޯވޭ ބައްދަލުކުރާނީ ވަރުގަދަ ބްރެޒިލާއެވެ. އަދި މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު، އިނގިރޭސިވިލާތާއި ޑީއާރު ކޮންގޯ ބައްދަލުކުރާ މެޗާއި، ފްރާންސާއި ސްވިޑަން ބައްދަލުކުރާ މެޗުވެސް ކުރިއަށް އެބައޮތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި