Wednesday, 9 September 2026
Ads by

އާރަށުގެ މައްސަލަ: އާ ހެކި ބަލައިގަތުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މާދަމާ ހުކުމް އިއްވަނީ

އާރަށުގެ މައްސަލަ: އާ ހެކި ބަލައިގަތުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މާދަމާ ހުކުމް އިއްވަނީ

ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

Ad Image
Ads by

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފައެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައިކޯޓުން މައްސަލަ އަލުން ބެލުމަށް އެންގި އެންގުމުގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެކަމަށް ކަނޑައަޅާފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ހައިކޯޓުގެ އެ ނިންމުން ގޯސްކަމަށް ކަނޑައަޅައިދީ ދައުލަތުގެ އާ ހެކިތައް ބަލައިގަނެވޭނެކަމަށް އަމުރުކޮށްދިނުމަށް އެދިއެވެ. މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލާފައިވާއިރު ދެން އޮންނާނީ މައްސަލައިގައި ގޮތެއް ނިންމުމެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމ ހެނދުނު 8:45 ގައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ސަބަބުން ކްރިމިނަލް ކޯޓުގައި އަލުން ފަށަންޖެހޭ ޝަރީއަތަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި