Ads by
ޚަބަރު
ރައްޔިތުން ދެއްވި ތާއީދުގެ ސަބަބުން އުންމީދު އާވެއްޖެ: ޒަމީލު
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ޒަމީލް ވާހަކަފުޅުދައްކަވަނީ... ފޮޓޯ: ޕީއެސްއެމް

ރިޔާސީ އިންތިހާބުގައި ރައްޔިތުން ދެއްވި ތާއީދުގެ ސަބަބުން ތެދު ކުރި އަރާނެ ކަމަށް ކުރެވޭ އުންމީދު އާވެއްޖެ ކަމަށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ޒަމީލް ވިދާޅުވީ 9 ސެޕްޓެންބަރު 2023 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އިތުބާރު ކުރައްވައި ވޯޓު ދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.

އަދި “ވާދަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތަށް ބަލާއިރު، ތިޔަ ދެއްވި ތާއީދުގެ ސަބަބުން، ތެދު ކުރިއަރާނެކަމަށް ކުރެވޭ އުންމީދު އައުވެއްޖެ” ކަމަށް ޒަމީލް ވިދާޅުވިއެވެ.

އިއްޔެ ބޭއްވުނު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހަސަން ޒަމީލަށް ލިބިވަޑައިގަތީ 329 ވޯޓެވެ. އެއީ 0.15 ޕަސަންޓެވެ.

ރިޔާސީ އިންތިހާބަށް ޒަމީލް ކުރިމަތިލެއްވިއިރު ޒަމީލު އެންމެފަހުން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *