Ads by
ޚަބަރު
ހިސާބު ޖެހުމުގައި ގޯސް ހެދިފައި އެބަހުރި: ފައްޔާޒު
އެމްޑީޕީގެ ޖަލްސާއެއްގައި ފައްޔާޒު ވާހަކަފުޅުދައްކަވަނީ... ފޮޓޯ: އެމްޑީޕީ

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބަށް ޖެހި ހިސާބު ތަކުގައި ގޯސްތަކެއް އުޅޭކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅަކީ ފައްޔަޒުއެވެ. އެއްބުރުން އިންތިހާބު ކާމިޔާބު ނުކުރެވުމުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ވެސް ފައްޔާޒަށެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަފުޅުދަައްކަވަމުން ފައްޔާޒު ވިދާޅުވީ މިހާރު އެ ނިކުންނަވަނީ ބުރަ މަސައްކަތްކޮށް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކުރަން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

“ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ. އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން” ފައްޔާޒު މިއަދު ކުރެއްވި ޓްވީޓް އެއްގައި ވިދާޅުވިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 84،805 ވޯޓެވެ. އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100،342 ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *