Wednesday, 9 September 2026
Ads by

ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ނުކުރެވޭނެ، އަޅުގަނޑު ސިޓިންރޫމުގަ، ނަޝީދު އޮތީ މުންޑު އަނދެގެން ގޭގަ: ޔާމީން

ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ނުކުރެވޭނެ، އަޅުގަނޑު ސިޓިންރޫމުގަ، ނަޝީދު އޮތީ މުންޑު އަނދެގެން ގޭގަ: ޔާމީން

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ އެއް މައުޟޫޢަކީ އިދިކޮޅު ޕާޓީތަކުގެ ދައުރާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެ ފަރާތްތަކުން އަދާކުރާ ދައުރެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ދައްކަވާފައިވާ ވާހަކަފުޅުތަކުގައި، ޒިންމާދާރު އަދި ވާދަވެރި އިދިކޮޅު ސިޔާސީ ޙަރަކާތެއް ރާއްޖޭގައި ނެތްކަމަށް ވަނީ ވިދާޅުވެފައެވެ. މި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޔާމީން ވަނީ، ރައީސް މުޢިއްޒުގެ އެ ވާހަކަފުޅުތަކަކީ ޙަޤީޤަތެއް ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

Ad Image
Ads by

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ސަރުކާރަށް ޕްރެޝަރުކޮށް، ސަރުކާރު ހާސްކޮށްލާވަރުގެ އެއްވެސް ޙަރަކާތެއް އިދިކޮޅު ފަރާތްތަކުން މިހާރު ނުހިންގައެވެ. އަދި ރައީސް މުޢިއްޒު އެ ދައްކަވާ ވާހަކަފުޅުތަކަކީ ޕީއެންއެފްއަށް އަމާޒުކޮށް ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށާއި، އެއީ ސީދާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އަމާޒުކުރައްވައި ވިދާޅުވާ ބަސްފުޅުތަކެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާއިރު، އެ ޕާޓީގެ ފަރާތުން ފެންނަންޖެހޭ ސިޔާސީ ޙަރަކާތްތެރިކަން ނުފެންނަކަމީ ސިޔާސީ ގިނަ ފަރާތްތަކަކުން މިހާރު ފާހަގަކުރަމުންދާ ކަމެކެވެ.

އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް މަޑުޖެހިފައިވާކަން ފާހަގަކުރައްވަމުން، ރައީސް ޔާމީން ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާ ވާހަކަފުޅަކަށް އަލިއަޅުއްވާލައްވައިފައެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމަށް ނަޝީދު ވާދަކުރެއްވި ދުވަސްވަރު، އެ މަޤާމު ލިބިވަޑައިގެންފިނަމަ ރައީސް މުޢިއްޒު އޮންނަވަން ޖެހިވަޑައިގަންނަވާނީ ”މުންޑު އަނދެގެން ގޭގައި“ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދުގެ ސިޔާސީ މަސްރަޙަށް ބަލާއިރު، ނަޝީދުއަށް އަމާޒުކުރައްވާ ރައީސް ޔާމީން ސުވާލު އުފެއްދެވީ މިއަދު ގޭގައި މުންޑު އަނދެގެން އޮންނެވީ ކޮން ބޭފުޅެއްތޯއެވެ. ޔާމީން މިހެން ވިދާޅުވުމުން ދޭހަވަނީ އެބޭފުޅުންނަށް ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ނުކުރެވެނީ ރައީސް ޔާމީން ސިޓިންރޫމުގައި އިންނަވާފައި ރައީސް ނަޝީދު މުންޑު އަނދެގެން ގޭގައި އޮންނެވުމުންކަމެވެ.

”[ކުރީގެ] ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުއިއްޒު އޮންނަން ޖެހޭނީ މުންޑު ލައިގެން ގޭގައިތޯ. ދެން މިއަދު އަޅުގަނޑު ސުވާލުކުރަން ބޭނުން ކާކުތޯ މިއަދު މުންޑު އަނދެގެން އޮތީ ގޭގައި. އެހެންވީމާ އެ ވާހަކަ މުއިއްޒު އެ ދައްކަނީ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ނަޒަރުގައި، ސިޔާސީ މައިދާނުން އެކަހެރިވެ، ޙަރަކާތްތެރިކަން ކުޑަވެފައިވަނީ ރައީސް ނަޝީދާއި އެމްޑީޕީއެވެ. އެހެންކަމުން، ސަރުކާރުން އިދިކޮޅުގެ ”އުރަތްޕެއް ނެތް“ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ، އެމްޑީޕީގެ މިއަދުގެ ޙާލަތާ ގުޅޭގޮތުން ދައްކާ ވާހަކަތަކެއްކަމަށް ޔާމީން ސިފަކުރެއްވިއެވެ. މިއީ ސިޔާސީ ގޮތުން އެމްޑީޕީ އާއި ރައީސް ނަޝީދަށް އަމާޒުކުރެވުނު ވަރަށް ބޮޑު ފާޑުކިޔުމެކެވެ.

ޔާމީން މިފަދައިން ވިދާޅުވުމުން ދޭހަވަނީ މަގުމަތީގައި ހަލަބޮލިކޮށް ސަރުކާރަށް ޕްރެޝަރު ކުރުން ނުވަތަ ސަރުކާރު ޖަވާބުދާރީ ކުރުމަކީ ޔާމީނަށް ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމެވެ. އެއަށްވުރެ މާ ބޮޑަށް އެމަނިކުފާނު ކަންނެތީ އެވެ. އެކަން ކުރަން ޖެހޭ ބަޔަކީ އެމްޑީޕީ ކަމަށް ދޭހަވާ މޭރުމަކުން ޔާމީން ވިދާޅުވީ ޕީއެންއެފްއަކީ އަދި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަކީ އެއްވެސް އިރެއްގައި މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގައި، މުޒާހަރާކުރި ބައެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ފަރާތްތަކުން އަބަދުވެސް އިސްކަންދެނީ ޢިލްމީ ބަހުސްތަކުގެ ތެރެއިން ކަންކަން ޙައްލުކުރުމަށާއި، ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް ވިސްނައިދިނުމަށެވެ. އެހެން ވިދާޅުވިނަމަވެސް 6 ވަރަކަށް މީހުން ގޮވައިގެން ނުކުމެ ބޭއަދަބީ އެތައް ކަންތައްތަކެއް ޔާމީންގެ ޕީއެންއެފުން މަގުމަތީގައި ހިންގިއެވެ. މިކަމަށް ސަޕޯޓެއް އިތުރެއްނުވިއެވެ. މިކަމާ އެތައް ރައްޔިތުންގެ ނުރުހުންވެސް ޔާމީނަށް ވަނީ އަމާޒުވެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޕާޓީގެ އޮފީހުގައި ކުރަމުންދިޔަ މައިގަނޑު މަސައްކަތަކީ ދޫވެހި ސިޓިންރޫމުގައި ތިބެގެން ވާހަކަ ދެއްކުން ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.އަދި ޕީއެންއެފުން ގެންގުޅެނީ މަގުމަތީގެ ޙަރަކާތްތަކަށްވުރެ ބޮޑަށް، ފިކުރީ އަދި ސިޔާސީ ބަހުސްތަކުގެ މައްޗަށް ބިނާވެފައިވާ އުސޫލެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، މި ވާހަކަފުޅުތަކުން ދޭހަވަނީ، ޕީއެންއެފްއިން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ސިޓިންރޫމުގައި ތިބެގެން މީހުންގެ ޒާތަށް ފުރައްސާރަކޮށް ޣީބަ ބުނުމާއި ނެތި މޮށުމުގެ ޢަމަލުތައް ފިޔަވާ އިތުރު މާ މޮޅެތި ކަންތައްތަކެއް ކުރެވިފައިވާ ނުވާކަމެވެ.

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހިމް މުހައްމަދު ސޯލިހު ޤައުމީ މަސްލަހަތަށްޓަކައި ޤައުމާ ރައްޔިތުންނާއި، ނޫސްވެރިންގެ ޙައްޤުގައިކަމަށްބުނެ އެކުވެގެން މަސައްކަތްކުރަން ފެށި ނަމަވެސް، އެ މަސައްކަތްތަކުގެ އެއްވެސް ތަފްސީލެއް އަދި ނަތީޖާއެއް މިއަދާއި ހަމަޔަށް އައިއިރުވެސް އާންމުންނާ ހިއްސާކޮށްފައި ނުވެއެވެ. މިހާރުގެ މަންޒަރުތަކަށް ބަލާއިރު، އަބްދުއްރަޙީމް ވިދާޅުވިފަދައިން ހަމަ ރަނގަޅަށްވެސް މި 3 ރައީސުން ތިއްބެވީ 3 ފަރާތަށް މޫނު އަނބުރައިގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި