Sunday, 26 July 2026
Ads by

ރަސްމާލޭގެ މާސްޓާ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދަން އިޢުލާންކޮށްފި

ރަސްމާލޭގެ މާސްޓާ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދަން އިޢުލާންކޮށްފި

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”ރަސްމާލެ“ ތަރައްގީކުރުމުގެ މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމަށް، ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދުމަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ.

Ad Image
Ads by

މި ކޮންސަލްޓަންސީގެ ދަށުން މައިގަނޑު ގޮތެއްގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޭސްލައިން ސްޓަޑީ ހެދުމާއި، އާބަން ޑވެލޮޕްމަންޓް ފްރޭމްވޯކް އެކުލަވާލުމުގެ އިތުރުން ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުން ހިމެނެއެވެ. އަދި ހިއްކާ ބިން ހިމާޔަތްކޮށް ތަރައްގީކުރުމުގެ މަސައްކަތްތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ރާވާ ކުރިއަށްގެންދާނެ ގޮތުގެ އިންތިޒާމުތައް ތަރުތީބުކުރުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި ޕްލޭން އެކުލަވާލުމުގައި ރަސްމާލޭގައި ތިމާވެއްޓާ ރަށްޓެހި މަސައްކަތްތައް ކުރުމާއި، ޔުޓިލިޓީގެ ހިދުމަތްތަކުގެ ޕްލޭނާއި، ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން، ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ފަސޭހައިން އުޅެވޭނެ ފަދަ (އެކްސިސިބިލިޓީ) ވަސީލަތްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވަރެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 1010 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވަނީ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިންމާފައެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރަސްމާލެއިން 200,000 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. މިއީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ރިއާޔަތްކޮށް ހިންގޭ ”އިކޯ-ސިޓީ“ އެކެވެ. އެގޮތުން ރަސްމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އަދި ތިމާވެށީގެ އެކި ނުރައްކާތަކުން ރައްކާތެރިވެވޭނެ ފަދަ ގޮތަކަށް ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި