Monday, 28 September 2026
Ads by

މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުގައި މިހާތަނަށް 67،000 ފަސިންޖަރުން ދަތުރުކޮށްފައިވޭ: އަމީން

މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުގައި މިހާތަނަށް 67،000 ފަސިންޖަރުން ދަތުރުކޮށްފައިވޭ: އަމީން

ޓޫރިޒަމް މިނިސްޓަރު އަމީން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުގައި މިހާތަނަށް 67،000 ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު އަމީން މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ކުޑޫ މިނިސްޓަރާ ކުރެއްވި ސުވާލަކީ މިފަހުން ރާއްޖެއަށް ގެނެއި ވައިޑް ބޮޑީ މަތިންދާބޯޓާއެކު ކުރިއެރުންތަކެއް ލިބިފައިވޭތޯއެވެ. އަދި މިހާރު އެ ފްލައިޓު ބޭނުންކޮށްގެން ކުރަމުން އަންނަ ދަތުރުތަކަކީ ކޮބައިތޯ އާއި ޗައިނާ އަދި އިންޑިއާ ނޫން އެހެން މަންޒިލަކަށް ދަތުރުތައް ފަށާނީ ކޮންއިރަކުންތޯއެވެ.

މެންބަރުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ވައިޑް ބޮޑީ މަތިންދާބޯޑު ގެނައި ފަހުން މިވީ 16 މަސްދުވަހުގެ ތެރޭގައި 67،000 މީހުން އެ ފުލައިޓުގައި ރާއްޖެއަށް ދަތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 55،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި ދިވެހި ހައްޖުވެރިންނާއި އުމްރާވެރިން ވެސް ޗާޓަރކޮށްގެން މި މަތިންދާބޯޓުން ދަތުރުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، ކޮވިޑްގެ ދުވަސްވަރު ވެސް ރާއްޖޭގައި އެއަރބަސް އޮޕަރޭޓްކުރާތީ މުހިންމު ބޭސް ގެނައުން ފަދަ މުހިއްމު ކަންކަމުގައި އެތަކެއް ފަސޭހަތަކެއް ލިބިގެންދިޔަ ކަމަށެވެ. ހަމައެހެންމެ ރާއްޖޭގައި ވައިޑް ބޮޑީ މަތިންދާބޯޓުތަކުގައި ކުރާ ދަތުރުތައް ފުޅާކުރުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އެއަރލައިންތައް ހުއްޓުމަކަށް އަންނައިރު ވެސް އަމިއްލައަށް އޮޕަރޭޓްކުރެވޭނެ ފްލައިޓެއް އޮތުމަކީ ވަރަށް މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުތަކުގައި ޗައިނާ، އިންޑިއާގެ އިތުރުން އޮސްޓްރޭލިއާއަށް ދަތުރުތައް ކުރަމުން އަންނަ ކަމަށާއި މިކަމުގެ ސަބަބުން އިގުތިސާދީ ގޮތުން ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
easha
'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
ihusaan
ރާއްޖެއަށް ބިދޭސީން މަސްތުވާތަކެތި އެތެރެކުރުން އެކީ ހުއްޓުވާނެކަމުގެ ޔަގީންކަން ވަޒީރު އިހުސާން ދެއްވައިފި
mnu
ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައިފި
download - 2026-09-27T202702
އދ. ގެ ދަތުރުފުޅު ނިންމަވާލައްވައި ނައިބު ރައީސް މާލެވަޑައިގެންފި
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Irasha ekimv
ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Irasha ekimv
ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި