Ads by
ޚަބަރު
އިންތިހާބު ތޭވިސް: މިހާރުގެ ނަތީޖާއިން ކުރީގައި މުއިއްޒު
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްފަހު ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

 

Ads by Eki Online

ރިޔާސީ އިންތިހާބުގެ މިހާތަނަށް އިއުލާނު ކުރި ނަތީޖާތަކުން ކުރީގައި ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކުރި ހޯދައިފިއެވެ.

މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ނަތީޖާ މިހާރު އިއުލާނު ކުރަމުން އަންނައިރު ކުރީގައި އޮތީ އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒެވެ. ދެ ވަނަ އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ތިން ވަނަ ގައި އޮތީ ދަ ޑިމޮކްރެޓްސް ކެންޑިޑޭޓް އިލްޔާސް ލަބީބްއެވެ.

މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ކުރި ހޯދާފައިވަނީ މުއިއްޒުއެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 8 އިން ހަވީރު 4 ގެ ނިޔަލަށެވެ. އެހެން އިންތިހާބުތަކާ ހިލާފަށް މި އިންތިހާބުގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެއް ނުވެ އެވެ. މިއިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތްވެސް ދަށެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282،395 މީހުންނަށް ލިބިގެންވާއިރު ވޯޓުލާފައިވަނީ ކިހާ އަދަދެއްގެ މީހުންނެއް ކަމެއް އަދި މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއްނުވެއެވެ.

މި އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *