Wednesday, 9 September 2026
Ads by

ޒުވާން ޚަޠީބުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ޚާއްޞަ މަހާސިންތާއެއް ބޭއްވުމަށް މަޝްވަރާކޮށްފި

ޒުވާން ޚަޠީބުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ޚާއްޞަ މަހާސިންތާއެއް ބޭއްވުމަށް މަޝްވަރާކޮށްފި

މާލެ ސަރަޙައްދުގައި ހުކުރުކޮށް ޚުޠުބާ ކިޔަމުންދާ ޒުވާން ޚަޠީބުންނާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައި، ޒުވާނުންނަށް ދީނީ ދާއިރާއިން ކުރިއަށް ދެވޭނެ މަގުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

Ad Image
Ads by

މި ބައްދަލުކުރެއްވުމަކީ މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ޚިދުމަތްތަކެއް ކުރަމުންދާ ޒުވާން ޚަޠީބުންގެ އަޑުއަހައި، އެކުދިންގެ ކުރިމަގު ބައްޓަންކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ވަޒީރު ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައި ތިބި ޒުވާން ޚަޠީބުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ”ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ“ ބޭއްވުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، އިސްލާމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރަން ޝައުޤުވެރިވާ ޒުވާން ޚަޠީބުންނަށް ޢަރަބި އިސްލާމީ ޔުނިވަރސިޓީތަކުން ފުރުޞަތު ހޯދައިދިނުމަށާއި، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ސްކޮަލަރޝިޕް ސްކީމެއް ތަޢާރަފްކުރުމާ ގުޅޭގޮތުން ވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ޚުޠުބާ ކިއުމުގެ އިތުރުން މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ދާއިމީކޮށް މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް އެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ޝައުޤުވެރިކަން ހުރި ޒުވާނުންނަށް ދާއިމީކޮށް އެކަން ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ޚިޔާލު

ސަރުކާރުން ކުރިއަށްގެންދާ ”ޒުވާން ޚަޠީބުން“ ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، މިސްކިތްތަކުގެ މިންބަރުތަކުން ޒުވާނުންގެ އަޑު އިއްވުމަށް ފެށިފައިވާ ކާމިޔާބު މަޝްރޫޢެކެވެ. މި މަސައްކަތުގެ ސަބަބުން ދީނީ ދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި