Wednesday, 9 September 2026
Ads by

ޢީދު ދުވަހު އެންމެ މުހިންމު ކަމެއް ދޭން ޖެހޭނީ އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރަން: ޚުޠުބާ

ޢީދު ދުވަހު އެންމެ މުހިންމު ކަމެއް ދޭން ޖެހޭނީ އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރަން: ޚުޠުބާ

ޢީދު ދުވަހު އެންމެ މުހިންމު ކަމެއް ދޭން ޖެހޭނީ އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރަން ކަމަށް ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ޢީދު ދުވަހު އެންމެ މުހިންމު ކަމެއް ދޭން ޖެހޭ އެއް ކަމަކީ އަހަރެމެންގެ އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމަށް ކަމަށް ޢީދު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

ޢީދު ޚުޠުބާގައި ބުނީ އަހަރެމެން މި ވަނީ މަތިވެރި މަހަކާއި އަޅުކަމުގެ ބޮޑު މޫސުމަކަށް އަލްވަދާޢު ކިޔާފައި ކަަމަށެވެ. އެ މަހުގައި އަހަރެމެން ޤުރްއާން ކިޔެވީމު ކަމަށާއި ދުވާލުގެ ވަގުތުގައި ރޯދަ ހިފައި، ރޭގަނޑުގެ ވަގުތުގައި ރޭއަޅުކަން ކުރީމު ކަަމަށެވެ. ގިނަގިނައިން ޛިކުރުކޮށް އުޅުނީމު ކަމަށެވެ. ތަނަވަސްކަމާއި ދަތި ޙާލުގައި ވެސް، ﷲ ގެ މަގުގައި ހޭދަކުރީމު ކަމަށެވެ. ފިޠުރު ޒަކާތް ނެރުމާއި ކިޔަމަންތެރިކަން އަދާކުރުމުގެ އެކި ޢަމަލުތަކުން ﷲ އާ ކުއްތަންވުމަށް މަސައްކަތް ކުރީމު ކަމަށެވެ. އެކަލާނގެ ޘަވާބަށް އުންމީދުކޮށް، އެކަލާނގެ އަޛާބަށް ބިރުވެތިވާ ޙާލުގައި ކަމަށެވެ.

މި މަތިވެރި ޢީދު ދުވަހުގައި ރަމަޟާން މަހުން އަހަރެމެންނަށް ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް ޢަޒުމު ކަނޑައަޅަން ޚުޠުބާގައި ވަނީ އެދިފައެވެ. ޚުޠުބާގައި ބުނެފައި ވަނީ މަސް ދުވަހުގެ ތަމްރީނަކަށްފަހު، ރޯދައިގެ ތަރުބަވީ މަދަރުސާއިން އަހަރެމެން ނިކުތްއިރު، އަހަރެމެންގެ އީމާންކަން މިވަނީ އިތުރުވެފައި ކަަމަށާއި ހެޔޮ ކަންކަން ކުރުމަށް ނަފްސު އާދަވެ، އެކަން މިވަނީ ފަސޭހަވެފައި ކަަމަށެވެ.

”އަހަރެމެންގެ މި އީމާންކަން، މި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރާށެވެ! ގިނަގިނައިން ސުންނަތް ނަމާދުކުރާ ބަޔަކަށްވާށެވެ! ފަތިސް ނަމާދުގެ އިހު ސުންނަތާއި ޟުޙާ ނަމާދާއި ރަވާތިބު ސުންނަތްތަކާއި ވިޠުރި އާއި ދަމު ނަމާދު ވީހާ ގިނައިން ކުރެވޭތޯ މަސައްކަތް ކުރާށެވެ! ހޯމަ ބުރާސްފަތި ރޯދަ އާއި މެދުފޮއި ރޯދަ އާއި ޢާޝޫރާ ދުވަހާއި ޢަރަފާތު ދުވަހު ރޯދަ ހިފުމަށް ފަރުވާތެރިވާށެެވެ! އަދި ޚާއްޞަކޮށް ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް ސަމާލުކަން ދޭށެވެ!“

ފިޠުރު ޒަކާތަށް ރައްކާތެރިވި ފަދައިން މުދަލު ޒަކާތަށް ވެސް ރައްކާތެރިވާން ޖެހޭނެކަން ފާހަގަކޮށް ޢީދު ޚުޠުބާގައި ބުނި ގޮތުގައި ﷲ ފަރުޟުކުރެއްވި ޒަކާތުގެ އިތުރަށް ގިނަގިނައިން ޞަދަޤާތްދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅެން ޖެހޭ ކަމުގައެވެ. މި ގޮތުގައި ހަރުދަނާ އީމާންކަން މަތީގައި، ﷲ ގެ މިންވަރުފުޅާ އެކު، ޖެހިގެން އަންނަ އަހަރުގެ ރޯދަ މަހާ ބައްދަލުވުމަށް އުންމީދު ކުރަން ޖެހޭ ކަމުގައެވެ. ރޯދައިގެ ސަބަބުން ނަފްސު ޠާހިރުވާ ގޮތަކީ މިއީ ކަމުގައެވެ.

ޚުޠުބާގައި ބުނީ ފިޠުރު ޢީދުގެ މި އުފާވެރި ދުވަހުގައި، މުސްލިމުން އުފާފާޅުކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ހައްދު ފަހަނައަޅައި ދިއުމެއް ނެތި ކަަމަށެވެ. މިއަދަކީ އެފަދަ އުފާފާޅުކުރުމުގެ ދުވަހެއް ކަމަށެވެ. ކޮންމެ އުއްމަތެއްގެ ޢީދަކީ ވެސް އެ އުންމަތެއް ރަމްޒުކޮށްދޭ ޢަލާމާތެއް ކަމަށެވެ. އިސްލާމްދީނަކީ ފިޠުރަތުގެ ދީން ކަމަށާއި މުސްލިމުން އެމީހުންގެ ޢީދުގައި އުފާފާޅުކުރަނީ ﷲ ހުއްދަކުރެއްވި އިމުގެ ތެރެއިން ކަމަށެވެ.

”މި އުފާވެރި ޢީދު ދުވަހުގައި އެންމެ މުހިންމު ކަމެއް ދޭން ޖެހޭ އެއް ކަމަކީ އަހަރެމެންގެ އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމެވެ. މިއީ އެ ގުޅުންތައް އާލާކޮށް، ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ދަރިން އެމީހުންގެ މައިންބަފައިންނަށް އިޙްސާންތެރިވާށެވެ! މައިންބަފައިން އެމީހުންގެ ދަރިންނަށް ލޯބިދީ، އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރާށެވެ! އަނބިން އެމީހުންގެ ފިރިންނަށް ކިޔަމަންތެރިވާށެވެ! ފިރިން އެމީހުންގެ އަނބިންނަށް އޯގާތެރިވާށެވެ! މުއްސަނދިން ފަޤީރުންނަށް އެހީތެރިވާށެވެ! ބޮޑެތި މީހުން ކުޑަކުދިންނަށް އޯގާތެރިވާށެވެ! ކުޑަކުދިން ބޮޑެތި މީހުންނަށް އިޙްތިރާމު ކުރާށެވެ! ވެރިން ރައްޔިތުންގެ ޙައްޤުތަަކަށް ރައްކާތެރިވާށެވެ! އަދި ރައްޔިތުން ވެރިންނަށް ކިޔަމަންތެރިވާށެވެ!“

ބައެއްގެ އިޖުތިމާޢީ ފޭރާން ވަރުގަދަވުމަކީ އެ މުޖުތަމަޢަކަށް ފާގަތިކަމާއި އަމަންއަމާންކަން ގެނުވާނެ ކަމެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނި ގޮތުގައި ބައެއްގެ ތެރޭގައި ރިވެތި އަޚްލާޤު ފެތުރިއްޖެނަމަ، އެބައެއްގެ މެދުގައި އެއްބައިވަންތަކަން އާލާވާނެ ކަމުގައެވެ. ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް އިސްލާމީ އުޚުއްވަތްތެރިކަމާއި ރިވެތި އަޚްލާޤު ވީރާނާވިޔަ ނުދިނުމަށާއި ދުލުގެ އާފަތްތަކުގެ ޝިކާރައަކަށްވެ، ޣީބަ ބުނުމާއި ދެބައޮޑުވުމާއި ދޮގު ހެދުމާއި ދޮގިހެކި ދިނުމާއި މަލާމާތްކޮށް ފުރައްސާރަ ކުރުމާއި ހަޑިހުތުރު ބަހުން ވާހަކަދައްކާ ބަޔަކަށް ނުވުމަށް ޢީދު ޚުޠުބާގައި ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި