Sunday, 26 July 2026
Ads by

ތިލަމާލެ ބްރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުމެއް ނުގެންގުޅެން: ރައީސް

ތިލަމާލެ ބްރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުމެއް ނުގެންގުޅެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖުން ޓޯލް ފީއެއް ނެގުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށާއި އެކަމާ ގުޅުންހުރި އެއްވެސް މަޝްވަރާއެއް ވެސް ކުރިއަށްނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތިލަމާލެ ބްރިޖްގެ ޓޯލް ފީ ނެގުމުގެ މަޝްވަރާއެއް އަދި ދިރާސާއެއް އަދި ކުރިއަށްނުދާ ކަމަށާއި ސަރުކާރުން އެކަމަށް ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖުން ވެސް ޓޯލް ފީއެއް ނެގުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ވެސް ކުރިއަށްނުދާކަން ރައީސް ފާހަގަކުރެއްވިއެވެ. ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނެގުމުގެ ދިރާސާތައް އެމަނިކުފާނު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ކުރިއަށްދިޔަ ނަމަވެސް، މި ސަރުކާރުން އެކަމުގައި ކުރިއަށްދާނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިފަހައްޓާފައިވާ އުސޫލާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ސިނަމާލެ ބްރިޖު ހުޅުވުނީއްސުރެ މިއަދާއި ހަމައަށް ވެސް އެ ބްރިޖާއި ހައިވޭއިން ދަތުރުކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނުނަގާކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި