Wednesday, 9 September 2026
Ads by

”ދަރަނި އަދާކުރުމަކީ ހަމައެކަނި ސަރުކާރަށް ފައިދާވާ ކަމެއްނޫން، ރާއްޖޭގެ މިނިވަންކަމާވެސް ގުޅުންހުރި ކަމެއް“

”ދަރަނި އަދާކުރުމަކީ ހަމައެކަނި ސަރުކާރަށް ފައިދާވާ ކަމެއްނޫން، ރާއްޖޭގެ މިނިވަންކަމާވެސް ގުޅުންހުރި ކަމެއް“

ދައުލަތުން ނަގާފައިވާ ދަރަނިތައް އަދާކުރުމަކީ ހަމައެކަނި ސަރުކާރަށް ފައިދާވާނެ ކަމެއް ނޫން ކަމަށާއި، އެއީ ސީދާ ރައްޔިތުންގެ ދިރިއުޅުމާ، ދިވެހިރާއްޖޭގެ މިނިވަންކަމާއިވެސް، ގުޅިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަރަނި އަދާކުރުމުގެ މަސައްކަތަކީ އިޤްތިސާދީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އިދިކޮޅު ލީޑަރަކު ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން، ނަގާފައިވާ ދަރަނިތަކަކީ ”ވެފައި އޮތް ކަމެއް“ ކަމަށް ބަލައި، އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައީސް އިޝާރާތް ކުރެއްވިއެވެ. ރައީސް ވިދާޅުވީ ދަރަނި އަދާނުކޮށް ދޫކޮށްލުމަކީ ޤައުމަށް އޭގެ ނޭދެވޭ އަސަރު ސީދާގޮތުން ކުރާނެ ކަމެއް ކަމަށެވެ.

”ދަރަނި ދެއްކުމަކީ ރާއްޖެއަށް އިތުރު އެހީ ހޯދުމަށާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް. މީގެ ސަބަބުން ރާއްޖޭގެ ރިޒާވް ރަނގަޅުވެ، އޭގެ ސީދާ ފައިދާ އާންމު ރައްޔިތުންނަށް ކުރާނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ހުރި ދަރަނިތަކަކީ ރައްޔިތުންގެ ހަރުމުދާ މޯގޭޖްކޮށްގެން ނަގާފައިވާ ދަރަނިތަކެކެވެ. އެހެންކަމުން، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކޮންމެ ރައްޔިތެއްގެ ބޮލަށް ޖެހޭ ދަރަނީގެ ނިސްބަތް ކުޑަކުރުމަށެވެ. ދަރަނިތައް ނުދެއްކިއްޖެނަމަ ޤައުމުގެ އިޤްތިސާދަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށާއި، އެއީ ޤައުމުގެ މިނިވަންކަމަށްވެސް އޮތް ނުރައްކަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިޤްތިސާދީ މިނިވަންކަން ދިފާއުކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށާއި، ދަރަނިތައް މެނޭޖްކޮށްގެން ނޫނީ އެ މިނިވަންކަން ކަށަވަރު ނުކުރެވޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު