Saturday, 24 October 2026
Ads by

އިންޑިއާގައި މުސްލިމުންނަށް ކުރާ ނަފްރަތު އިންތިހާއަށް: މުސްލިމުން ނައްތާލުމަށް ގޮވާލާ ގޮވާލުންތަކަށް ހިންދޫ ފާދިރީންނާއި ބީޖޭޕީ ލީޑަރުންގެ ތާޢީދު

އިންޑިއާގައި މުސްލިމުންނަށް ކުރާ ނަފްރަތު އިންތިހާއަށް: މުސްލިމުން ނައްތާލުމަށް ގޮވާލާ ގޮވާލުންތަކަށް ހިންދޫ ފާދިރީންނާއި ބީޖޭޕީ ލީޑަރުންގެ ތާޢީދު

އިންޑިއާގެ ހިންދޫ ހަރުކަށި ފިކުރު ލީޑަރުން، އެކި ފަހަރު މަތީން ވަނީ އިސްލާމްދީނާ މުސްލިމުންނާ ދެކޮޅަށް ނަފްރަތާއި، ޤަތުލުޢާންމުންތަކާއި، ނަސްލުހޭދުތަކަށް ހިތްވަރުދޭ ބަހުރުވައިން ވާހަކަ ދައްކައި އެފަދަ ކަންކަމަށް މަގުފަހިކުރުވާ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅެފައެވެ. (އެކިއެމްވީ ފޮޓޯ ކޮލާޖު)
  • އިންޑިއާއަކީ މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ (އިސްލާމްފޯބިއާ) ބޮޑު ހާއްޔަކަށް ވެފައިވާކަން، އެ ޤައުމުގެ ދީނީ އަދި ސިޔާސީ އިސް ލީޑަރުންގެ ބަސްމަގުން އިތުރަށް ހާމަވެއްޖެއެވެ. ވެރިކަންކުރާ ބީޖޭޕީގެ އިސް ސިޔާސީ ވެރިންނާއި، ހިންދޫ ހަރުކަށި ފާދިރީން ގުޅިގެން މުސްލިމުން ނައްތާލުމަށް (ޖެނޮސައިޑް) ފާޅުގައި ގޮވާލަމުންދާއިރު، މިކަމަށް ސަރުކާރުގެ ފުރިހަމަ ހިމާޔަތް އޮތްކަން ވަނީ ހާމަވެފައެވެ.

ނަރްސިންގހާނަންދު އާއި ނަފްރަތުގެ ތާރީޚު

މަޝްހޫރު ހިންދޫ ފާދިރީ ޔަތީ ނަރްސިންގހާނަންދަކީ މީގެ ކުރިންވެސް އެތައް ފަހަރަކު އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލާފައިވާ މީހެކެވެ. އޭނާއާ ދެކޮޅަށް އެތައް މައްސަލައެއް ހުށަހެޅިފައިވީ ނަމަވެސް، އޭނާ ހުންނަނީ މިނިވަންކަމާއެކުގައެވެ. އެންމެ ފަހުން އޭނާ މިވަނީ ހިންދޫތުވްތާ އެކްޓިވިސްޓް އަނިލް ޔާދަވް، މުސްލިމުން މެރުމަށް ގޮވާލި ގޮވާލުމަށް ތާޢީދުކޮށްފައެވެ. މިކަމަށް ތާޢީދުކުރަމުން އޭނާ ވަނީ، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަކީ އިންޑިއާގައި ވެސް މުސްލިމުންނާ ދެކޮޅަށް ބޭނުންކުރެވިދާނެ ”މޮޑެލް“ އެއް ކަމަށް ބުނެފައެވެ.

Ad Image
Ads by

ބީޖޭޕީގެ ލީޑަރުންނާއި ”އިޒްރޭލު މޮޑެލް“

މި ނަފްރަތުގެ ވާހަކަތަކަކީ ހަމައެކަނި ދީނީ ފާދިރީންގެ ފަރާތުން އަންނަ ކަމެއް ނޫނެވެ. ދާދި ފަހުން ހުޅަނގު ބެންގޯލްގެ ޗީފް މިނިސްޓަރުކަމާ ޙަވާލުވި ބީޖޭޕީގެ އިސް ލީޑަރު ސުވެންދު އަދިކާރީ ވެސް ވަނީ މުސްލިމުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ”އިޒްރޭލު މޮޑެލް“ ބޭނުންކުރުމަށް ހިތްވަރުދީފައެވެ. މިއީ ވެރިކަންކުރާ ޕާޓީގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކުން ވެސް މިފަދަ ނުރައްކާތެރި ފިކުރު ގެންގުޅޭކަން ސާބިތުކޮށްދޭ ކަމެކެވެ.

ނިޒާމީ އިސްލާމްފޯބިއާ އަދި ސަރުކާރުގެ ދައުރު

މި ޙާދިސާތަކުން ސާފުވަނީ، އިންޑިއާއަކީ މުސްލިމުންނާ ދެކޮޅަށް ސިސްޓަމެޓިކް ގޮތެއްގައި ނަފްރަތު އުފައްދައި، އެކަން ފަތުރަމުންދާ ޤައުމެއް ކަމެވެ. މިލިއަނުން މީހުންގެ މައްޗަށް ނުފޫޒު ފޯރުވޭ ފަދަ ދީނީ ލީޑަރުންނާއި، ޤައުމުގެ އެންމެ މަތީ ސިޔާސީ މަޤާމުތަކުގައި ތިބި ބީޖޭޕީގެ ވެރިން ގުޅިގެން މުސްލިމުން ނައްތާލުމަށް ގޮވާލުމަކީ އިންޑިއާގެ 200 މިލިއަނަށްވުރެ ގިނަ މުސްލިމުންނަށް އޮތް ބޮޑު ނުރައްކަލެކެވެ. މިފަދަ ހަރުކަށި ފަރާތްތަކާ މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނޭޅުމަކީ، މި ޢަމަލުތަކަށް ސަރުކާރުގެ ފުރިހަމަ ރުހުން އޮތްކަން ހާމަވާ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި