Saturday, 24 October 2026
Ads by

ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ދުރުހެލިވުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ދުރުހެލިވުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

މެޑަމް ސާޖިދާ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް، ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ ފަރާތަކުން ވެސް އާ އަޒުމަކާއެކު ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

Ad Image
Ads by

އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކު އަތޮޅު، މުލަކު ސްކޫލު ހޯލުގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، މިއަދު މި ފެށެނީ ދުންފަތާ ދުރުހެލިވުމުގެ ހާއްސަ ގައުމީ ކެންޕޭނެއް ކަމަށާއި، މިއީ ނަތީޖާ ފެންނާނެ ހެޔޮ މަސައްކަތެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ކެންޕޭނުން، މި އަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރުގައި ބާރުއަޅާ ކަންކަމަށް ހާއްސަ އިސްކަމެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މި މޭރުމުން އެކަމަނާ ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެކަމަށް ހިތްވަރުދޭ ގޮތަށް މަގުފަހިވެފައިވާ ކަންތައްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައި، މި ބޮޑު ގައުމީ މައްސަލައިން ދިވެހި ގައުމު ސަލާމަތްކުރުމަށް، ހުރިހާ ދިވެހިން އަތުގުޅާލުމަށް ގޮވާލައްވާފައެވެ. އަދި، ދުންފަތުގެ ނުރައްކާތެރި ވަބާއިން ގައުމު ސަލާމަތްކުރުމުގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. ހަމަމިއާއެކު، ދުންފަތުން ދިވެހި މުޖުތަމައު ސަލާމަތްކުރެއްވުމުގައި ވިޔަފާރިވެރިން އިސްނެންގެވުމަށް ވެސް އެކަމަނާ ވަނީ ބާރުއަޅުއްވައިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، ”އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ“ ގެ ލޯގޯ އިފްތިތާހްކޮށްދެއްވައިފައެވެ. މި ކެމްޕޭނަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ކަމުގައިވާ މެއި 31، 2026 ގައި އިއުލާންކޮށް، މިއަދު ރަސްމީކޮށް އިފްތިތާހްކުރެވުނު ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެކެވެ.

މީގެ އިތުރުން މި މުނާސަބަތާ ގުޅޭ ލައިވް ކެންވަސްގައި ކުލަޖައްސަން ފައްޓަވައިދެއްވައި، ޕްލެޖް ބޯޑުގައި މެޑަމް ސާޖިދާ ވަނީ ލިޔުއްވައިފައެވެ. އެގޮތުން، ދިވެހި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، ދުންފަތަށް ނޫނެކޭ ބުނުމަށް އެކަމަނާގެ މެސެޖުގައި ވަނީ ގޮވާލައްވައިފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅުންހުރި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ ”ހެލްތު މިނިސްޓަރޒް އެވޯޑް ފޮރ ޓޮބޭކޯ ކޮންޓްރޯލް އެކްސަލަންސް“ ލިބިވަޑައިގެންނެވި ފަރާތްތައް އިޢުލާންކުރުން ވެސް، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އޮތެވެ.

މި ރަސްމިއްޔާތަށްފަހު މެޑަމް ސާޖިދާ ވަނީ، ދުވަހާ ގުޅުވައިގެން، މުލަކު ސްކޫލުގެ ދަރިވަރުންގެ މެދުގައި ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ހުށަހެޅުންތައް ބައްލަވާލައްވާ، މުބާރާތުން އެކި ވަނަތަށް ހޯދި ދަރިވަރުންނާއެކު ފޮޓޯއެއް ނަންގަވައިފައެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންނާއި ޓީޗަރުން ގުޅިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ވެސް އެކަމަނާ ވަނީ ބައްލަވާލައްވައިފައެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ހެލްތް މިނިސްޓަރު ޤީލާ ޢަލީ، ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ އިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑަންއާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް ވެސް ބައިވެރިވެވަޑައިގަތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ