Sunday, 26 July 2026
Ads by

’ދިރާގު އީދު ބޯކިބާ‘ ހަރަކާތް މި އީދުގައި ވެސް އޮންނާނެ!

’ދިރާގު އީދު ބޯކިބާ‘ ހަރަކާތް މި އީދުގައި ވެސް އޮންނާނެ!

އީދު ނަމާދަށްފަހު އާންމުންނަށް ހާއްސަކޮށްގެން ބާއްވާ 'ދިރާގު އީދު ބޯކިބާ' ހަރަކާތް މި އަހަރު ވެސް ބޭއްވުމަށް ވަނީ ނިންމާފައި - ފޮޓޯ:ދިރާގު

މި އަހަރުގެ ފިތުރު އީދުގައި ވެސް އެ ކުންފުނީގެ ’ދިރާގު އީދު ބޯކިބާ‘ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

Ad Image
Ads by

މިއީ މި އަހަރުގެ ފިތުރު އީދުގެ ހަރަކާތްތައް ފަށައި، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމުގައިވާ އީދު ނަމާދަށް ފަހު އީދު ބޯކިބާ ކެއުމުގެ އާދަ ފާހަގަކުރުމުގެ ގޮތުން ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ. މިއީ މި ހަރަކާތް ދިރާގުން ބާއްވާ ތިންވަނަ އަހަރެވެ.

ދިރާގުން ބުނީ މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް އީދު ނަމާދަށްފަހު އާންމުންނަށް ހާއްސަކޮށްގެން ބާއްވާ ’ދިރާގު އީދު ބޯކިބާ‘ ނާސްތާ ބޭއްވުމަށް އެ ކުންފުނިން ހަމަޖައްސާފައިވާ ކަމަށެވެ.

’ދިރާގު އީދު ބޯކިބާ‘ ހަރަކާތް ކުރިއަށް ދާނީ އީދު ނަމާދަށް ފަހު މާދަމާ ހެނދުނު 7:30 ގައި:

  • އާރޓިފިޝަލް ބީޗް، މާލެ
  • ސިންތެޓިކް ޓްރެކް، ހުޅުމާލެ

”އަނެއްކާވެސް ’ދިރާގު އީދު ބޯކިބާ‘ އާންމުންނާ ހަމައަށް ގެނެސްދީ، ތިޔަ ހުރިހާ ފަރާތްތަކާ އެކު މި އުފާވެރި އީދު ދުވަސް ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުތައް ސަޕޯޓް ފޯރުކޮށްދެވޭނެ އެކި އެކި ގޮތްތައް. އެގޮތުން ހާއްސަކޮށް ފިތުރު އީދު ފަދަ އުފާވެރި މުނާސަބަތެއްގައި މުޖުތަމައުގެ އެކި ފަރާތްތަކަށް ހެޔޮހިތުން ކަމެއް ކޮށްދެވުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،“ – ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް

ދިރާގުން ބުނެފައި ވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައު ތެރޭގައި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދޭފަދަ ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި