Saturday, 24 October 2026
Ads by

އޮފް ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން އިތުރުކޮށްފި

އޮފް ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން އިތުރުކޮށްފި

މަރުކަޒީ ބޭންކް އެމްއެމްއޭ--- ފޮޓޯ: އެކި އެމްވީ

ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން އިތުރުކޮށްފިއެވެ.

Ad Image
Ads by

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ނިޔަލަށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު، މީގެ ކުރިއާ އަޅާބަލާއިރު 25 އިންސައްތަ އިތުރުވާނެއެވެ. މި ނިންމުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާގެ މިންވަރު މަދުވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި އެޅި ފިޔަވަޅެކެވެ.

މީގެ އިތުރުން، ބޭންކިންގ ނިޒާމުގެ ތެރޭގައި ހުރި ބޭރު ފައިސާގެ ދަތިކަން ކުޑަކޮށް، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް އަލަށް ގެނައި ބަދަލުގެ މުހިންމު ބޭނުމެކެވެ. އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، މިގޮތަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމުން އޮފް ސީޒަނުގައި ދިމާވާ ބޭރު ފައިސާގެ ތާށިކަމަށް ލުޔެއް ލިބި، ކަސްޓަމަރުންނަށް ބޭންކުތަކުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެއެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި، އެމްއެމްއޭއިން ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށާއި އާންމުންނަށް ދޫކުރި ބޭރު ފައިސާގެ މިންވަރު، 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 72 އިންސައްތަ ވަނީ އިތުރުވެފައެވެ. އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، ބޭރު ފައިސާގެ ބޭނުން އެންމެ ބޮޑަށް އިތުރުވެފައިވަނީ ތައުލީމާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ތައުލީމީ އަދި ސިއްހީ ބޭނުންތަކަށް ބޭންކުތަކުން ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ކާޑުގެ ބާވަތްތަކާއި، ތެލާއި، ބޭހާއި އަދި ސިއްހީ ދާއިރާއަށް ބޭނުންވާ އާލާތްތައް ރާއްޖެއަށް އެތެރެކުރުމަށްޓަކައި އެމްއެމްއޭއިން ދޫކުރި ބޭރު ފައިސާގެ އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި