Wednesday, 9 September 2026
Ads by

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރަން ވެކްސިން ޖަހަން ފަށައިފި

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރަން ވެކްސިން ޖަހަން ފަށައިފި

ހިމަބިހީގެ އިތުރު ކޭސްތަކެއް ވެރިރަށް މާލެއިން ފެނިފައިވާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައިފިއެވެ.

Ad Image
Ads by

އެޗްޕީއޭއިން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ އެ ޕްރޮގްރާމްގެ ތެރެއިން މިހާރު ފުރަތަމަ ޓާގެޓް ގުރޫޕަށް ވެކްސިން ދެމުން އަންނަ ކަމަށެވެ. އެއީ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނުވާކުދިންނަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ވެކްސިން ދިނުމުގެ ދެވަނަ ޓާގެޓް ގްރޫޕަކީ އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ. އެ ގްރޫޕަށް ވެކްސިން ދިނުމުގެ މަސައްކަތް ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ތައްޔާރުވަމުން އަންނައިރު، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް އެޗްޕީއޭ އޮތީ ތައްޔާރަށެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. މިހާތަނަށް 220 ކޮންޓެކްޓުންނަށްވަނީ ވެކްސިން ދެވިފައި. ފުރަންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 1537 ފަރާތަށް ވަނީ ވެކްސިން ދެވިފައި. އެޗްޕީއޭ

ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން ފެނުނު ހިމަބިހީގެ ދެ ކޭސްއާ އެކު މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 22 ކޭސް ރިޕޯޓް ކުރެވިފައިވެއެވެ. އެޗްޕީއޭއިން ބުނި ގޮތުން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. މީގެ ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ޖުމްލަ 543 ކޮންޓެކްޓުން ފާހަގަކުރެވިފައވާ ކަމަށާއި، އޭގެ ތެރެއިން އެކްޓިވް 173 ކޮންޓްކްޓުން މޮނިޓާކުރެވެމުންދާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި