Wednesday, 9 September 2026
Ads by

މެސީ ބެންޗުން އަރައި ރެކޯޑް ފުޅާކޮށް، އާޖެންޓީނާ ގްރޫޕް ސްޓޭޖު ނިންމާލީ އެއްވަނަ ޓީމުގެ ގޮތުގައި

މެސީ ބެންޗުން އަރައި ރެކޯޑް ފުޅާކޮށް، އާޖެންޓީނާ ގްރޫޕް ސްޓޭޖު ނިންމާލީ އެއްވަނަ ޓީމުގެ ގޮތުގައި

އުރުދުން އަތުން 3-1 އިން ފަސޭހަ މޮޅެއް ހޯދައި، ސައްތައިން ސައްތަ ރެކޯޑަކާ އެކު އާޖެންޓީނާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖް ނިންމާލައިފި އެވެ.

Ad Image
Ads by

މި މުބާރާތުގެ ގުރޫޕް ޖޭ ގެ އެއްވަނަ މަގާމު ކުރިންވެސް ކަށަވަރުވެފައި އޮތުމުން، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކޮލޯނީ ވަނީ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިން ކުޅުނު ދެ މެޗުގެ ފުރަތަމަ އެގާރައާ އަޅާބަލާއިރު ނުވަ ބަދަލެއް ގެނެސް، ކެޕްޓަން ލިއޮނަލް މެސީ ވެސް ބެންޗުގައި ބޭންދި އެވެ. ނަމަވެސް، މި ބަދަލުތަކާ އެކު ވެސް އާޖެންޓީނާގެ ފަރާތުން ފެނުނީ ހަމަޖެހޭ އަދި ކުޅުންތެރި ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޖިއޮވާނީ ލޮ ސެލްސޯ އާޖެންޓީނާއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނެވެ.

އޭގެ ފަހުން ލިބުނު ޕެނަލްޓީއަކުން ލައުޓާރޯ މާޓިނޭޒް ވަނީ ދެވަނަ ލަނޑު ޖަހައިފަ އެވެ. މިއީ މާޓިނޭޒް ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ލަނޑެވެ. އުރުދުންއިން ފަރަގު ކުޑަކުރީ 54 ވަނަ މިނެޓުގައި މޫސާ އަލް ތަމަރީ ޖެހި ލަނޑުންނެވެ. މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ މެސީ ވަނީ އާޖެންޓީނާގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މެސީ ޖެހި ހަވަނަ ލަނޑު ކަމަށްވާއިރު، ވޯލްޑް ކަޕްގެ ތާރީހުގައި އޭނާ ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.

މި މޮޅާ އެކު އާޖެންޓީނާ އަކީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ދެވަނަ ބުރަށް ދަތުރުކުރި ތިން ޓީމުގެ ތެރެއިން އެއް ޓީމެވެ. އަނެއް ދެ ޓީމަކީ ފްރާންސާއި މެކްސިކޯ އެވެ. އާޖެންޓީނާ ދެވަނަ ބުރުގައި ނުކުންނާނީ ކޭޕް ވާޑޭއާ ދެކޮޅަށެވެ. އެފްރިކާ ބައްރުގެ ކުޑަކުޑަ ގައުމުން ވަނީ ވޯލްޑް ކަޕްގައި އެ ޓީމުގެ ފުރަތަމަ މެޗުގައި ވަރުގަދަ ސްޕެއިން ހުއްޓުވައި، އެ މެޗުން އެއްވަރުކޮށްފަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި