Wednesday, 9 September 2026
Ads by

ސިޓީ ކައުންސިލުން އުސްގެކޮޅު ރަނގަޅަށް ނުބަލަހައްޓާ، އެތަނުގައި ދިޔައީ މަސްތުވާތަކެތި ވެސް ބޭނުންކުރަމުން“

ސިޓީ ކައުންސިލުން އުސްގެކޮޅު ރަނގަޅަށް ނުބަލަހައްޓާ، އެތަނުގައި ދިޔައީ މަސްތުވާތަކެތި ވެސް ބޭނުންކުރަމުން“

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މާލެ ސިޓީ ކައުންސިލުން އުސްގެކޮޅު ހުންނަ ސަރަހައްދު ރަނގަޅަށް ބަލަހައްޓަމުން ނުދާ ކަމަށާއި އެތަނުގައި ގްރެފިޓީ ކުރެހުމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”ޕްރެސަރ ވިތް ދަ ސްޕޮކްސް“ ގެ ނަމުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އުސްގެކޮޅު ބެލެހެއްޓުމުގެ ޒިންމާ އަދާނުކުރާ ކަމަށެވެ. މީގެ އިތުރުން ގާނޫނީ އިމުގެ ތެރެއިން އެތަން ހެރިޓޭޖް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ ވެސް، ސިޓީ ކައުންސިލްގެ އިހުމާލުން ރާއްޖޭގެ މުހިންމު ތަރިކައެއް ގެއްލިގެން ދާތީ ކަމަށް މުންދު ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށަށް އުސްގެކޮޅު ސަރަހައްދު ގެންނަން ނިންމީ، ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުންދާއިރު ވެސް، އެ ތަން ބެލެހެއްޓުމުގެ ޒިންމާ ސިޓީ ކައުންސިލުން އަދާނުކުރާތީ.“ – މުންދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީން ބުނީ، މިނިސްޓްރީގެ ސަމާލުކަމަށް މި މައްސަލަ އައުމާއެކު ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.

އުސްގެކޮޅާއި އުސްގެކޮޅު ހިމެނޭ ސަރަހައްދުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއާ ގުޅިގެން އުސްގެކޮޅު ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް ކައުންސިލުން މިނިސްޓްރީއަށް ތަން ހަވާލުކޮށްފައިނުވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) އިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާއެވެ. އަދި 74 އަހަރު ކުރިން އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރު ހުޅުވުނީވެ ސް މި އިމާރާތުގައެވެ. މި އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެދުވަސްވަރުގެ އިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކުވައިދޭ ތަނެކެވެ. އުސްގެކޮޅު ފަދަ ތާރީހީ ތަންތަނަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުން ތަނަށް ލިބުން އެކަށީގެންވެއެވެ.

ގާނޫނާއި ގަވާއިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންކަން ހެރިޓޭޖް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު