Sunday, 26 July 2026
Ads by

ފޯރިގަދަ ކުޅުމަކަށްފަހު ޕޯޗުގަލްއާ އެއްވަރުވެ، ގްރޫޕްގެ އެއްވަނަ ކޮލަމްބިއާ ހޯދައިފި

ފޯރިގަދަ ކުޅުމަކަށްފަހު ޕޯޗުގަލްއާ އެއްވަރުވެ، ގްރޫޕްގެ އެއްވަނަ ކޮލަމްބިއާ ހޯދައިފި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 'ކޭ' ގައި ކޮލަމްބިއާ އާއި ޕޯޗުގަލް ބައްދަލުކުރި ފޯރިގަދަ މެޗުގެ ތެރެއިން..

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ’ކޭ‘ ގައި ކޮލަމްބިއާ އާއި ޕޯޗުގަލް ބައްދަލުކުރި ފޯރިގަދަ މެޗު 0-0 އިން އެއްވަރުވެ، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލަމްބިއާ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. މިއާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވި ނަމަވެސް، ދެ ޓީމަށްވެސް ވަނީ މުބާރާތުގެ ގަދަ 32 ގެ ބުރުން ފުރުސަތު ލިބިފައެވެ.

Ad Image
Ads by

މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ ހޯދި ކޮލަމްބިއާ ދެވަނަ ބުރުގައި ބައްދަލުކުރާނީ ގާނާއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ކެންސަސް ސިޓީގައެވެ. ގްރޫޕްގެ ދެވަނަ ލިބުނު ޕޯޗުގަލް އަންނަ ބުރާސްފަތި ދުވަހު ޓޮރޮންޓޯގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

މި މެޗުގައި ކޮލަމްބިއާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ވަަރަށް ކުރީކޮޅު ޖޯން ކޯޑޯބާ އާއި ޖޯން އަރިއަސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޯސްޓާ ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. މީގެ އިތުރުން އަރިއަސް ފޮނުވާލި ނުރައްކާތެރި ބޯޅައެއް ޕޯޗުގަލްގެ ރުބެން ނެވޭސް ވަނީ ގޯލުގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

ޕޯޗުގަލްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުތައް ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނީ ބްރޫނޯ ފެނާންޑޭސް އާއި ޔާއޯ ފެލިކްސް އަށެވެ. ނަމަވެސް ކޮލަމްބިއާގެ ކީޕަރު ކެމީލޯ ވަރްގަސް ވަނީ ހުށިޔާރުކަމާއެކު އެ ބޯޅަތައް ހުއްޓުވާފައެވެ. މުޅި މެޗުގައިވެސް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، އޭނާ ބޯޅަ ހިފާ ކޮންމެ ފަހަރަކު ސަޕޯޓަރުންގެ ނުރުހުމުގެ އަޑުތައް ދިޔައީ އިވެމުންނެވެ. މެޗުގެ ފަހު މިނެޓުގައި ކޮލަމްބިއާގެ ޑޭވިންސަން ސަންޗޭޒް ބޮލުން ޖަހައި ގޯލަށް ފޮނުވާލި ބޯޅަ، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ޑީއާރު ކޮންގޯ ވަނީ އުޒްބެކިސްތާން 3-1 އިން ބަލިކޮށް، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ދެވަނަ ބުރުގައި ކޮންގޯ ބައްދަލުކުރާނީ އިންގްލޭންޑާއެވެ. އިނގިރޭސިވިލާތް ދެވަނަ ބުރަށް ދަތުރުކުރީ ޕެނަމާ 2-0 އިން ބަލިކޮށް ގްރޫޕް ’އެލް‘ ގެ އެއްވަނަ ހޯދައިގެންނެވެ. މި މެޗުގައި ޖޫޑް ބެލިންހަމް ލަނޑެއް ޖެހިއިރު، ހެރީ ކޭން ޖެހި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. މި ގްރޫޕްގެ ދެވަނަ ހޯދީ ގާނާ 2-1 އިން ބަލިކުރި ކްރޮއޭޝިއާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި