Wednesday, 9 September 2026
Ads by

ތިން ރައީސުންގެ ބައްދަލުވުންތަކުން ނުކުތް ނަތީޖާއެއް ނެތް، ޤައުމަށްޓަކާ ކުރިކަމެއް ހާމައެއްވެސް ނުކުރި!

ތިން ރައީސުންގެ ބައްދަލުވުންތަކުން ނުކުތް ނަތީޖާއެއް ނެތް، ޤައުމަށްޓަކާ ކުރިކަމެއް ހާމައެއްވެސް ނުކުރި!

ކުރީގެ 3 ރައީސުން އެއްވެގެން ބޭއްވި ހަމައެކަނި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން...

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހިމް މުހައްމަދު ސޯލިހު ޤައުމީ މަސްލަހަތަށްޓަކައި ޤައުމާ ރައްޔިތުންނާއި، ނޫސްވެރިންގެ ޙައްޤުގައިކަމަށްބުނެ އެކުވެގެން މަސައްކަތްކުރަން ފެށި ނަމަވެސް، އެ މަސައްކަތްތަކުގެ އެއްވެސް ތަފްސީލެއް އަދި ނަތީޖާއެއް މިއަދާއި ހަމަޔަށް އައިއިރުވެސް އާންމުންނާ ހިއްސާކޮށްފައި ނުވުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

Ad Image
Ads by

ޤައުމީ މުހިންމު މައްސަލަތަކެއްގައި ކުރީގެ ތިން ރައީސުން އެކުގައި މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެ ބޮޑު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެކަން ހިނދިއްޖެއެވެ. ގުޅިގެން ބޮޑު ޤައުމީ މަސައްކަތެއް ކުރާކަމަށް މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް ހިއްސާކުރުމަށްފަހު، މި ބައްދަލުވުންތަކުގެ އެޖެންޑާއެއް ނުވަތަ އޭގެ ސަބަބުން ޤައުމަށް ލިބޭނެ ފައިދާއާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އާންމު ރައްޔިތުންނަށް މި މަސައްކަތްތަކަކީ ހަމައެކަނި ސިޔާސީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ފެންނަމުންދާއިރު، އެއްވެސް ކަހަލަ ހާމަކަން ބޮޑު ނިޒާމެއް ނެތުމުން، މި މަސައްކަތްތަކުގެ އަގު ވަޒަންކުރަން ދަތިވެފައިވެއެވެ.

ތިން ރައީސުން އެކުގައި ކުރައްވާ މަސައްކަތްތައް ހާމަކުރަން މީޑިއާ ގްރޫޕެއް ހަދައިފައި އޮތް ނަމަވެސް އެ ގްރޫޕުގައި ތިން ރައީސުން ބައްދަލުކުރެއްވިކަން ފިޔަވައި މާ ބޮޑު ތަފްސީލެއް އެނގޭކަށް ނެތެވެ. ކުރެއްވި މަސައްކަތެއް، މަޝްވަރާއެއް ފެންނާކަށް ނެތެވެ.

’އެކިއެމްވީ‘ އިން މިކަމާ ގުޅިގެން 2 ފަހަރެއްގެ މަތިން ސުވާލުކުރުމުންވެސް މި ތިން ރައީސުން ގުޅިގެން ކުރެވުނު އެއްވެސް މަސައްކަތެއްގެ ތަފްސީލެއް އެބޭފުޅުންގެ މީޑިއާ ޓީމުން ހިއްސާކޮށްފައިނުވެއެވެ.

މި ތިން ބޭފުޅުންނަކީ މީގެ ކުރިން މުޅިން ތަފާތު ސިޔާސީ ފިކުރުތަކެއްގައި ޤައުމު ހިންގެވި ބޭފުޅުންނެވެ. އެ ބޭފުޅުންގެ ސިޔާސީ ވިސްނުންފުޅުތަކަކީ އުޑާ ބިމާހާ ތަފާތު ކަންކަން ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ޑިމޮކްރެސީއާއި އިގްތިސާދީ ސިޔާސަތުތަކުގެ އިތުރުން ޤައުމީ ސިޔާސަތުތަކުގައި މި ބޭފުޅުންގެ މެދުގައި އޮތް ބޮޑެތި ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ޤައުމީ މަސައްކަތެއްގައި އެއްބަސްވުމަކަށް އައުމަކީ އާންމުންނަށް ގަބޫލުކުރަން ދަތި ކަމަކަށް ވަނީ ވެފައެވެ. މި ތަފާތުކަމުގެ ސަބަބުން އެ ބޭފުޅުންގެ މަޝްވަރާތަކުން ނަތީޖާއެއް ނުނުކުންނަނީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ތިން ރައީސުން އެއް މޭޒެއްގައި އިށީނީ ރައްޔިތުން އުންމީދު ކުރީ ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ވައުދާއެކުގައެވެ. ނަމަވެސް، ހޭދަވެގެންދިޔަ މުއްދަތުގެ ތެރޭގައި އެ ބައްދަލުވުންތަކުން ނެރުނު އެއްވެސް ރިޕޯޓެއް ނުވަތަ އެއްބަސްވުމެއް ފެންނަން ނެތުމަކީ މި މަސައްކަތުގެ އިތުބާރު ކުޑަވެގެންދިޔަ ކަމެކެވެ. އަނެއްކާ މިވެސް ސިޔާސީ ”ސްޓަންޓް“ އެއް ހެއްޔެވެ؟ ނޫނީ ވެރިކަމުގެ ދަހިވެތިކަމުގައި ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރަން ރޭވި ރޭވުން 3 މީހުން 3 ފަރާތަށް މޫނު އަނބުރައިން ތިބެން ހަދައިގެން ޗޮކުން ދިޔައީ ނޫންބާވައެވެ؟ ކޮންމެއަކަސް މި ތިން ވެރިންގެ ޤައުމީ މަސައްކަތުގެ ތަފްސީލަކަށް ގިނަ ރައްޔިތުންތަކެއް ވަރަށް އުންމީދު ކުރާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި