Wednesday, 9 September 2026
Ads by

ޙުސައިން ވަހީދުގެ ވާހަކަތަކަށް މުންދުގެ ރައްދު: ރައީސް މުޢިއްޒަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން

ޙުސައިން ވަހީދުގެ ވާހަކަތަކަށް މުންދުގެ ރައްދު: ރައީސް މުޢިއްޒަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ނޫމަޑި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޯޓުން ސަލާމާތްވެވަޑައިގަތީ ފަނޑިޔާރަކަށް ރިޝްވަތު ދެއްވައިގެން ކަމަށް ބުނެ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދު ދެއްކި ވާހަކަތަކަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

ޙުސައިން ވަހީދު ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން މުންދު ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، ރައީސް މުއިއްޒަކީ އެފަދަ ކަމެއް ދުވަހަކު ވެސް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. ޙުސައިން ވަހީދު ތުހުމަތުކުރާ ގޮތުގައި، ނޫމަޑި މައްސަލައިގައި ރައީސް މުޢިއްޒު ސަލާމަތްވެވަޑައިގަތީ ވަކީލަށް 800،000 ރުފިޔާގެ ރިޝްވަތު ދެއްވުމުން ކަމަށެވެ.

ރައީސް މުޢިއްޒު ވަކީލަށް ރިޝްވަތުދެއްވި ކަމަށް ކީރިތި ގުރުއާނުގައި އަތްލައްވައި ހުވާކުރަން ތައްޔާރު ކަމަށް ވެސް ޙުސައިން ވަހީދު ބުނެފައިވެއެވެ. މިކަމާ ގުޅިގެން މުންދު ވަނީ އެ ހުވާ ކުރައްވައިފިނަމަ ދައުލަތުގެ ކަމާބެހޭ މުއްސަސާތަކުން އެކަން ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ނޫމަޑި މައްސަލަ ހިނގި ދުވަސްވަރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރަކަށްކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، އެ މައްސަލައިގައި ރައީސް މުއިއްޒުގެ އެއްވެސް ކުށެއް ނެތްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ހަމައެހެންމެ ރައީސް މުޢިއްޒަކީ ދުވަހަކު ވެސް ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް މުންދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު