Saturday, 24 October 2026
Ads by

ވާދަވެރި ޕާޓީއެއް ޒިންމާދާރުވުމަކީ ސަރުކާރުން ކުރާ ރަނގަޅު ކަންކަން ބަލައިގަންނަން ކެރުން: މުންދު

ވާދަވެރި ޕާޓީއެއް ޒިންމާދާރުވުމަކީ ސަރުކާރުން ކުރާ ރަނގަޅު ކަންކަން ބަލައިގަންނަން ކެރުން: މުންދު

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ވާދަވެރި ޕާޓީއެއް ޒިންމާދާރުވުމަކީ ސަރުކާރަކުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ ރަނގަޅު ކަންކަން ބަލައިގަންނަން ކެރުން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރާއްޖޭގައި މި ވަގުތު ޒިންމާދާރު ސިޔާސީ ޕާޓީއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ހަމައެކަނި އިންތިހާބުތަކުގައި ވާދަކޮށް ނަތީޖާ ނެރުން ނޫން ކަމަށެވެ. އެހެނެއްކަމަކު ސިޔާސީ ޕާޓީތަކަކީ ދައުލަތުން ފައިސާދީގެން ހިންގާ، ގައުމީ ބޮޑެތި ޒިންމާތަކެއް އަދާކުރަންޖެހޭ ބައެއް ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވި ގޮތުގައި، ރައީސް އިޝާރާތްކުރެއްވީ ސަރުކާރުން ކުރަމުން އަންނަ ހުރިހާ ކަމަކަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާތީ އެކަމަށެވެ. ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔަންވާނީ އޮއްޓަރުހުރި ގޮތެއްގައި ނަމަވެސް، ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ދެކޮޅު ހަދަނީ ކީއްވެގެންކަން އިދިކޮޅަށް ސާފުކޮށް ނުދެވޭކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، އެ ފަރާތްތަކުން ހަމައެކަނި ކުރާ ކަމަކީ ދެކޮޅުވެރިކަން ދެއްކުން ކަމަށެވެ.

މުންދު ވިދާޅުވީ، އެމްޑީޕީއަކީ ދެ ފަހަރެއްގެ ވެރިކަން ކޮށްފައިވާ ޕާޓީއަކަށްވާއިރު، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ސަރުކާރުން ކުރާ ކަންކަމުގައި އެއްބަސްވެވޭ އުސޫލުތަކެއް އޮންނަންޖެހޭނެ ކަމަށާއި ޒިންމާދާރު ޑިމޮކްރަސީތަކުގައި ސިޔާސީ ކަންކަމާއި ސިޔާސީ ކަންކަން ނުހިމެނޭ ގައުމީ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކޮށްފައިވާ ރަނގަޅު ކަންކަމަށް އޭރުގެ އިދިކޮޅުގައި ތިބި ފަރާތްތަކުން މަރުހަބާ ކިޔާފައިވާ ކަމަށާއި ނަމަވެސް، މިހާރު ފެނިގެންދަނީ ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް މަރުހަބާ ކިޔުމަކީ މަނާކަމެއްގެ ގޮތުގައި ދެކޭ މަންޒަރު ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒު ބޭނުންފުޅުވަނީ އިދިކޮޅު ޕާޓީތަކުން ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ދެކޮޅުހެދުމުގެ ބަދަލުގައި، ގައުމުގެ މަސްލަހަތަށްޓަކައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާނެ ސިޔާސީ މާހައުލެއް އޮތުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި