Wednesday, 9 September 2026
Ads by

އިރާނާއި މިސްރު ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރު، މިސްރު ގަދަ 32 ކަށް!

އިރާނާއި މިސްރު ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރު، މިސްރު ގަދަ 32 ކަށް!

އެމެރިކާގެ ސިއެޓްލްގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ’ޖީ‘ ގައި އިރާނާއި މިސްރު ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

Ad Image
Ads by

މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި މިސްރުގެ މަޙްމޫދު ސާބިރު ވަނީ ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދީފައެވެ. ނަމަވެސް، މެޗުގެ 14 ވަނަ މިނެޓުގައި އިރާނުގެ ރާމިން ރެޒަލިއަން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުގައި އިރާނަށް ނަތީޖާ ބަދަލުކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެޗުގެ ކުރީކޮޅު އިރާނަށް ލިބުނު ޕެނަލްޓީއެއް އެޓީމުގެ ކެޕްޓަން މަހްދީ ތަރޭމީ ފޮނުވާލުމުން މިސްރުގެ ގޯލްކީޕަރު ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އިރާނުގެ ޝުޖާއު ޚަލީލްޒާދޭ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މީގެ އިތުރުން މެޗުގެ ފަހު ސިކުންތުކޮޅުގައި އިރާނުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހި ވަނީ ބޭރުވެފައެވެ.

މި ނަތީޖާއާއެކު މިސްރު ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ގަދަ 32 ގެ ބުރަށް ދަތުރުކޮށްފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި 92 އަހަރަށްފަހު މިސްރު މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އިރާން މިވަގުތު ގްރޫޕްގެ ތިންވަނައިގައި އޮތްއިރު، އެޓީމަށް ދެން އޮތް ބުރަށް ދެވޭނީ ތިންވަނަ ހޯދާ އެންމެ މޮޅު އަށް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. މި ގްރޫޕްގެ އެއްވަނަ ހޯދީ ބެލްޖިއަމްއެވެ.

މެޗުގެ ފޯރިގަދަވެފައިވަނިކޮށް، ދަނޑުގެ ތެރެއަށް ސަޕޯޓަރަކު ވަދެގެން ސެކިއުރިޓީން ވަނީ އޭނާ ހިފަހައްޓާފައެވެ. އަދި މިސްރާއި އިރާނުގެ ސަޕޯޓަރުން ފަލަސްތީނުގެ ދިދަ ހިފައިގެން ތިބެ ”ފްރީ ޕަލަސްޓީން“ އޭ ބުނެ އަޑުއުފުލާފައިވާކަންވެސް ފާހަގަކުރެވެއެވެ. މީގެ ތެރެއިން މިސްރުގެ ސަޕޯޓަރަކު ބުނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ގުޅިގެން ހިމޭނުން ހުންނަން އުނދަގޫވާ ކަމަށެވެ.

މި މެޗަށްފަހު އިރާނުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެޓީމަށް ދެން އޮތް ބުރަށް ދެވޭނެކަން ކަށަވަރުވާނީ އާދީއްތަ ދުވަހު ކުޅޭ އެހެން ގްރޫޕްތަކުގެ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި