Saturday, 24 October 2026
Ads by

ވޯލްޑް ކަޕްގެ ގަދަ 32 އަށް ކޭޕް ވާޑޭ ދަތުރުކޮށްފި؛ ދެން ބައްދަލުކުރާނީ އާޖެންޓީނާއާ

ވޯލްޑް ކަޕްގެ ގަދަ 32 އަށް ކޭޕް ވާޑޭ ދަތުރުކޮށްފި؛ ދެން ބައްދަލުކުރާނީ އާޖެންޓީނާއާ

ކޭޕް ވާޑޭ އަދި ސައުދީ އަރަބިއްޔާ ބައްދަލުކުރި މެޗަށްފަހު...

ވޯލްޑް ކަޕްގައި އަލަށް ވާދަކުރަމުން އަންނަ ކޭޕް ވާޑޭއިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފިއެވެ. ހުކުރު ދުވަހު އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މި މެޗު 0-0 އިން އެއްވަރުވުމާއެކު، ކޭޕް ވާޑޭއަށް ވަނީ ގްރޫޕް އެޗްގެ ދެވަނަ މަގާމު ލިބިފައެވެ.

Ad Image
Ads by

މި ނަތީޖާއާއެކު، އާބާދީގައި އެންމެ 5 ލައްކަ މީހުން ހިމެނޭ ކޭޕް ވާޑޭއިން ގަދަ 32 ގެ ބުރުގައި ބައްދަލުކުރަން ޖެހޭނީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާއެވެ. މި ތާރީޚީ މެޗު އޮންނާނީ އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހު މިއާމީގައެވެ.

ގްރޫޕްގެ އެއްވަނަ ހޯދީ ސްޕެއިންއެވެ. ސްޕެއިންއިން ވަނީ ހުކުރު ދުވަހު އުރުގުއާއީއާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައެވެ. ގްރޫޕް ސްޓޭޖް ނިމުނުއިރު ސްޕެއިންއަށް 7 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކޭޕް ވާޑޭއަށް ލިބުނީ 3 ޕޮއިންޓެވެ. އުރުގުއާއީ އާއި ސައުދީ އަރަބިއްޔާއަށް ލިބުނީ 2 ޕޮއިންޓެވެ. މިއާއެކު އެ ދެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

ކޭޕް ވާޑޭގެ ކޯޗު ބުބިސްޓާ ވަނީ މި މެޗަށް ނުކުތްއިރު ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް، އެ ޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު، އުމުރުން 40 އަހަރުގެ ވޮޒީނިއާ ވަނީ މި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ވޮޒީނިއާއަކީ ސްޕެއިންއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 0-0 އިން އެއްވަރުކުރުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ.

ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭޕް ވާޑޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ޖަމީރޯ މޮންޓެއިރޯ އާއި ކެވިން ޕީނާ ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި ލާރޯސް ޑުއާޓޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ސައުދީގެ ކީޕަރު މުޙައްމަދު އަލް އުވައިސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގެ 33 ވަނަ މިނެޓުގައި ސައުދީގެ ތަޖުރިބާކާރު ޑިފެންޑަރު ހަސަން އަލް ތަމްބަކްތީއަށް އަނިޔާވެގެން ބޭލުމަކީ އެ ޓީމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. މުޅި މެޗަށް ބަލާއިރު، ސައުދީއަށްވުރެ ބޮޑަށް ކޭޕް ވާޑޭއިން ދިޔައީ ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ.

މި މުބާރާތުގައި ކޭޕް ވާޑޭއިން ދައްކަމުންދާ ހައިރާންކުރުވަނިވި ކުޅުމާއެކު، ލިއޮނަލް މެސީގެ އާޖެންޓީނާއާ ދެކޮޅަށް އެ ޓީމު ނުކުންނައިރު މުޅި ދުނިޔޭގެ ސަމާލުކަން އެ މެޗަށް ހުއްޓޭނެއެވެ. އަނެއްކޮޅުން ގްރޫޕް އެޗްގެ އެއްވަނަ ހޯދި ސްޕެއިން ދެން ބައްދަލުކުރާނީ ގްރޫޕް ޖޭގެ ދެވަނަ ޓީމާއެވެ. އެއީ އަލްޖީރިއާ ނުވަތަ އޮސްޓްރިއާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި