Wednesday, 9 September 2026
Ads by

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ 4 ވަނަ ޕްރޮގްރާމު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކޮށްފި

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ 4 ވަނަ ޕްރޮގްރާމު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކޮށްފި

ވާން ހަތީބުން ތަމްރީނުކުރުމުގެ ހަތަރު ވަނަ ޕްރޮގްރާމު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ހަތަރު ވަނަ ޕްރޮގްރާމު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، މި ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމުލަ 82 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. ޒުވާން ހަތީބުން ތަމްރީނުކުރުމުގެ މަގުސަދަކީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ހުތުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށާއި، ކުރިއަށް އޮތް އިސްލާމީ ގަރުނުގައި ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވާފައިވާ ގޮތުގައި، ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހޯދައިފައެވެ. ހަމައެހެންމެ، ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރާފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ގުރްއާން ހިތު ދަސްކުރާ ޕްރޮގްރާމް ފުޅާކުރުމަށް ކްލާސްތައް އިތުރުކޮށްފައިވާއިރު، މި ވަގުތު 2،000 އަށްވުރެ ގިނަ ދަރިވަރުން ހިފްޒު ކުރަމުންދާ ކަމަށާއި، މިނިސްޓްރީގެ އަމާޒަކީ 1،000 ޒުވާން ހަތީބުން ބިނާކުރުމާއި 500 ހާފިޒުން އުފެއްދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ހަތީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާނުންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި