Wednesday, 9 September 2026
Ads by

ސެނެގާލުން އިރާގު ބަލިކޮށް ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާކޮށްފި

ސެނެގާލުން އިރާގު ބަލިކޮށް ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާކޮށްފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އައި (Group I) ގެ ފަހު މެޗުގައި ސެނެގާލުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިރާގު ބަލިކޮށް، މުބާރާތުގެ ގަދަ 32 ގެ ބުރަށް ދިއުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

Ad Image
Ads by

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސެނެގާލުން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ 4 ވަނަ މިނެޓުގައި ހަބީބް ދިއާރާ ވަނީ ލަނޑެއް ޖަހައި ސެނެގާލަށް ކުރިހޯދައިދީފައެވެ. މި ލަނޑަކީ އިދްރިއްސާ ގޭގެ ހަމަލާއަކުން ލިބުނު ކޯނަރެއްގައި އަބްދުލާޔޭ ސެކް ބޮލުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

އިރާގަށް މެޗުގައި އިތުރު ހުރަސްތަކެއް ކުރިމަތިވީ 13 ވަނަ މިނެޓުގައި އެޓީމުގެ ރެބިން ސުލާކާ، ސެނެގާލްގެ ތަރި ސާޑިއޯ މާނޭ އަށް ކުރި ފައުލަކާ ގުޅިގެން ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއާއެކު އިރާގުން މެޗުގެ ބާކީ ބައި ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.

ފުރަތަމަ ހާފުގައި ސެނެގާލަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން އެޓީމުން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ލަމީން ކަމާރާ ތަނަވަސްކޮށްދިން ފުރުސަތަކުން އިސްމާއިލާ ސާރް ވަނީ ސެނެގާލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

މީގެ ތިން މިނެޓު ފަހުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕާޕޭ ގޭ ވަނީ ވަރަށް ރީތި ލަނޑެއް ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އޭނާ ވަނީ 71 ވަނަ މިނެޓުގައިވެސް އިތުރު ލަނޑެއް ޖަހައި ސެނެގާލަށް ހަތަރު ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. ސެނެގާލްގެ ފަސްވަނަ ލަނޑު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އިލިމަން އެންޑިއާއިއެވެ.

މި ވަގުތު ތާވަލުގެ ތިންވަނަ ހޯދާ އެންމެ މޮޅު ޓީމުތަކުގެ ރޭންކިންގެ ފަސްވަނައިގައި ސެނެގާލް އޮތްއިރު، މި ނަތީޖާއާއެކު އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑެވެ. މިހާރު އޮތް ގޮތުން ދެވަނަ ބުރުގައި ސެނެގާލް ބައްދަލުކުރަން ޖެހޭނީ އިންގްލެންޑާއެވެ. އެ މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ ޖުލައި 1 ވަނަ ދުވަހު އެޓްލާންޓާގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި