Wednesday, 9 September 2026
Ads by

ސީރިއާގައި އައިއެސްގެ އިސްވެރިއަކު މަރާލުން: އަލް-ޖައުލާނީގެ ސަރުކާރާއި އެމެރިކާގެ ގުޅުން ބަދަހިވަނީ

ސީރިއާގައި އައިއެސްގެ އިސްވެރިއަކު މަރާލުން: އަލް-ޖައުލާނީގެ ސަރުކާރާއި އެމެރިކާގެ ގުޅުން ބަދަހިވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ވޮޝިންގޓަންގެ ވައިޓް ހައުސްގައި ސީރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާޢުއާ ސަލާމްކުރައްވަނީ، ހޯމަ ދުވަސް، 10 ނޮވެންބަރު 2025. [ފޮޓޯ: ސީރިއަން އަރަބް ނިއުސް އެޖެންސީ / އޭ.އެފް.ޕީ، ގެޓީ އިމޭޖަސް މެދުވެރިކޮށް]

އުތުރު ސީރިއާ – އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން 2026 ވަނަ އަހަރުގެ ޖޫން 19 ވަނަ ދުވަހު އުތުރު ސީރިއާގައި ދިން ޙަމަލާއެއްގައި، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ވެރިއެއް ކަމަށްވާ ޢަލީ ޙުސައިން އަލް-އުލައިވީ މަރާލައިފިއެވެ. ޖޫން 24 ވަނަ ދުވަހު އިއުލާންކުރި މި އޮޕަރޭޝަނަކީ، އެމެރިކާއަށާއި ސަރަޙައްދީ ބައިވެރިންނަށް ނުރައްކަލަކަށް ވެފައިވާ އައިއެސްގެ ބާކީ ތިބި މީހުން ނައްތާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.

Ad Image
Ads by

ބަދަލުވަމުންދާ މަންޒަރު: އަލް-ޝަރްޢު (އަލް-ޖައުލާނީ) އާއި އައިއެސްއާ ދެމެދު އޮތް ފަރަޤު

މި ޙަމަލާ އައިސްފައި މިވަނީ ސީރިއާގެ ސަލާމަތީ މަސްރަޙު މުޅިން ބަދަލުވެފައިވާ ދަނޑިވަޅެއްގައެވެ. 2024 ވަނަ އަހަރު ބަޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، އަޙްމަދު އަލް-ޝަރްޢު (ކުރިން އަބޫ މުޙައްމަދު އަލް-ޖައުލާނީގެ ނަމުން މަޝްހޫރު) މިހާރު ވަނީ ސީރިއާގެ އިންތިޤާލީ ސަރުކާރުގެ ރައީސްގެ މަޤާމަށް އައްޔަނުވެފައެވެ. އޭނާގެ މި ދަތުރަކީ ޖަބްހަތުއް ނުޞްރާގެ ފައުންޑަރުގެ ހައިސިއްޔަތުން ފެށި، ތަފާތު ބަދަލުތަކެއް އައިސްފައިވާ ދަތުރެކެވެ.

އައިއެސްއާއި އަލް-ޖައުލާނީއާ ދެމެދު އޮތް ގުޅުން 2014 ވަނަ އަހަރު ވަނީ ކެނޑި، އެ ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައެވެ. އައިއެސްއިން ޖަބްހަތުއް ނުޞްރާއަކީ އެމީހުންގެ ގޮތްޕެއް ކަމަށް ޢިއުލާނުކޮށް، ”އިސްލާމިކް ސްޓޭޓު އިން ޢިރާޤު އެންޑު ސޫރިޔާ“ (އައިސިސް) ޢިއުލާނުކުރުމުން، ޖައުލާނީ ވަނީ އައިއެސް އާ ގުޅުން ކަނޑާލާ، އަލް-ޤައިދާއަށް ބައިޢަތު ހިފައިފައެވެ. ނަމަވެސް އޭގެ 2 އަހަރު ތެރޭ ޖައުލާނީ ވަނީ އަލް-ޤައިދާއަށް އޮތް ބައިޢަތުވެސް އުވާލާ، ޖިހާދީންނާ އެއްކޮށް ދުރުވެ، ޖިހާދީ ޖަމާޢަތްތައް ސޫރިޔާއިން ނެރެލާ، ބައިނަލް އަޤުވާމީ ދުނިޔެ ބަލައިގަންނާނެ ފަދަ ޖަމާޢަތަކަށް ހެދުމަށް މަސައްކަތް ފަށައިފައެވެ. އައިއެސް އިން އަދިވެސް ތުހުމަތުކުރާ ގޮތުގައި، ޖައުލާނީ ވަނީ އެމީހުންނަށް ޚިޔާނާތްތެރިވެ، ހުޅަނގުގެ ޤައުމުތަކުން ފަންޑުކޮށް ހަތިޔާރު އެޅި ޖަމާޢަތްތަކާ ގުޅިގެން އައިއެސްއާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ. އަދި ޚިޔާނާތުގެ މަރުޙަލާތައް ކަނޑައްތު ކުރަމުން ގޮސް އައިއެސް އޭރު ކުރަމުން ދިޔަ ތުހުމަތުގެ ތެދުކަން ހާމަވެ، މިއަދު ޖައުލާނީ ހުޅަނގުން ބަލައިގަނެ، އައިއެސް އާ ދެކޮޅަށް ހަނގުރާމަކުރަނީ ސީދާ ހުޅަނގުގެ ޕްރޮކްސީއެއްގެ ގޮތުގައި ކަމަށްވެސް އައިއެސް އިން ބުނެއެވެ.

އައިއެސް ބަލިކުރުމުގެ ބައިނަލްއަޤްވާމީ އިއްތިޙާދުގައި ސީރިއާ

އެ ހަނގުރާމައިގެ ފަހުން، އަލް-ޝަރްޢުގެ ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމުގެ ސިޔާސަތުތައް ބަދަލުކޮށް، ޖިހާދީ ހަރަކާތްތަކުން ދުރުވެ، ބައިނަލްއަޤުވާމީ ތަރަޙައިގެ ތެރޭގައި، ހުޅަނގު ރުހޭނެފަދަ ވެރިކަމެއް ކުރުމަށް މަސައްކަތް ފަށައިފައެވެ. މި ބަދަލުގެ ތެރެއިން، ސީރިއާގެ އިންތިޤާލީ ސަރުކާރުން ވަނީ އެމެރިކާގެ އިސް އޮފިޝަލުންނާ އެކު ޑިޕްލޮމެޓިކް މުއާމަލާތްތައް ފަށާފައެވެ.

ސީރިއާ މިހާރު ވަނީ އައިއެސް ބަލިކުރުމަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ އިއްތިޙާދުގެ 95 ވަނަ މެމްބަރު ޤައުމުގެ ގޮތުގައި ބައިވެރިވެފައެވެ. އެމެރިކާގެ ޚާއްޞަ މަންދޫބު ޓޮމް ބެރަކް ފާހަގަކުރެއްވި ގޮތުގައި، ސީރިއާގެ މި ބައިވެރިވުމަކީ މުޅިން އާ ޗެޕްޓަރެކެވެ. މިއީ ސީރިއާގެ މިހާރުގެ ވެރިންނަށް އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރުމުގައި ހުރި ތަޖުރިބާގެ ސަބަބުން، އެމެރިކާއާއި ސަރަޙައްދީ ބައިވެރިންނާ އެކު އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް ލިބުނު ފުރުސަތެކެވެ. ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ ވިދާޅުވި ގޮތުގައި، އައިއެސްގެ ބާކީ ތިބި މީހުން ނައްތާލުމަށް އެމެރިކާއާއި އެމީހުންގެ ބައިވެރިން ދެމިތިބޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި