Saturday, 24 October 2026
Ads by

ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށަނީ، ކޮންމެ ގެއަކަށް ލިބޭނީ ޕެކެޓެއް

ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށަނީ، ކޮންމެ ގެއަކަށް ލިބޭނީ ޕެކެޓެއް

ސައުދީން ރާއްޖެއަށް ހަދިޔާ ކުރި ކަދުރާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރި ކަދުރު މާދަމާ ބަހަން ފަށާނެ ކަމަށާއި ކޮންމެ ގެއަކަށް ލިބޭނީ އެއް ޕެކެޓް ކަދުރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

މި ރޯދަ މަހަށް ސައުދީ ސަރުކާރުން ވަނީ 50 ޓަނު ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. ސައުދީން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރާ ހަވާލުވެ، އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފައި ވަނީ ސައުދީ ސަރުކާރުން ހަދިޔާކުރި ކަދުރުތައް ބެހުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ހަފުތާއަށް ބަހާލައިގެން ކަމަށެވެ.

ކަދުރު ބަހާ ދުވަސްތަކާއި ގަޑިތައް:

  • އެޕްރީލް 8 އަދި 9 ދުވަހު – މެންދުރުފަހު 1:00 އިން ފެށިގެން 3:00 އަށް
  • އެޕްރީލް 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހަށް: މެންދުރުފަހު 1:00 އިން ފެށިގެން 3:00 އަށް
  • އެޕްރީލް 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހަށް: ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީންނެވެ. ކަދުރު ބަލާ އަންނައިރު އައިޑީ ކާޑު ގެނަައުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި