Sunday, 26 July 2026
Ads by

ރައީސް އެދިވަޑައިގަތީ އެމަނިކުފާނަށް އިތުބާރުކޮށް އައްޑޫގެ ތާރީހު ބަދަލުކުރަން ޕީއެންސީއަށް ވޯޓު ދޭން

ރައީސް އެދިވަޑައިގަތީ އެމަނިކުފާނަށް އިތުބާރުކޮށް އައްޑޫގެ ތާރީހު ބަދަލުކުރަން ޕީއެންސީއަށް ވޯޓު ދޭން

ރައީސް މުޢިއްޒު: އެދިވަޑައިގަތީ އެމަނިކުފާނަށް އިތުބާރުކޮށް އައްޑޫގެ ތާރީހު ބަދަލުކުރަން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް - ފޮޓޯ:ޕީޕީއެމް

އައްޑޫ ސިޓީގެ ތާރީހު ބަދަލުކޮށްލުމަށް އެމަނިކުފާނަށް އިތުބާރުކޮށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

Ad Image
Ads by

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަރަދޫ ދާއިރާއަށް ޕީއެންސީން ވާދަކުރާ މުޙައްމަދު އަމީތުގެ ކެމްޕެއިނު ހަރަކާތެއްގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއީ އައްޑޫގެ ރައްޔިތުންނަށް ހާސިލު ނުވެ އޮތް ތަރައްގީ ހާސިލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ސަރުކާރުގެ މެނިފެސްޓޯގައި އައްޑޫއަކީ ވަރަށް މުހިންމު ހިއްސާއެއް އޮތް ސިޓީއެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުން ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާއިރު އެކަމުގެ އެންމެ މުހިންމު ނާރެހަކީ އައްޑޫ ކަމަށެވެ. އެ ސިޓީގެ ތަރައްގީ އާ ގުޅުންހުރި ކަންކަން މިހާރު ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑު ހަމަ ވަރަށް އިހުލާސްތެރިކަމާ އެކު ރައްޔިތުންގެ ކިބައިން އެދެނީ، ތާރީހު ބަދަލުކޮށްލަ ދެއްވާށޭ. އަޅުގަނޑަށް މި ކަމުގައި އިތުބާރުކޮށްދެއްވާށޭ. އަޅުގަނޑަށް މި ކަމުގައި އިތުބާރަކަށް ވާނީ އަޅުގަނޑުގެ ފަރާތުން އަޅުގަނޑު އިތުބާރު މި ކުރާ، ތާއީދު ކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުން،“ އައްޑޫގެ ހުރިހާ ރަށްތަކަށް ތަރައްގީ ގެނައުމުގައި ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެން ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަޖިލީހުގެ ތެރެއިން އައްޑޫގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު އެއް ބަޔަކަށް ދީގެން ހާސިލުވި ތަރައްގީއެއް ނެތް ކަން އެ ސިޓީގެ ރައްޔިތުންނަށް އެނގޭނެކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ތަޖުރިބާ ކުރުމުގެ ގޮތުން ވިޔަސް ރައްޔިތުންގެ މަޖިލީހަށް މިފަހަރު ހޮވާ މެންބަރުންނަކީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ހެދުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

”އެހެންވީމާ އެ ގޮނޑިތައް، މަޖިލީހުގައި ތިޔަބޭފުޅުންގެ ފަރާތްޕުޅުން ތިއްބަވާ މެންބަރުންގެ ގޮތުގައި ހޮއްވަވާ ގޮނޑިތަކުގައި، މި ވިސްނުމުގައި މާނަހުރި ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމަށް އެއްބާރުލުން ދޭޭ މެންބަރުންތަކެއް މިފަހަރު ހޮއްވަވައި ދެއްވުމަކީ ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ތަރައްގީއަށްޓަކައި ޖެހޭ ފާހަގަައަކަށް ވާނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ތަރައްގީގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް އެކަން އެގޮތަށް ކުރާނެ ކަަމަށް ޔަގީން ކުރައްވާ ކަމުގައެވެ. އައްޑޫގެ ރައްޔިތުން އުންމީދު ކުރާ ތަރައްގީ ހޯދުމުގައި ނަތީޖާ ނެރެދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި