Wednesday, 9 September 2026
Ads by

ބަރުލަމާނީ ބޭނުންވަނީ ވެރިކަމުގެ ދަހިވެތިކަމުގައި، ރަސްގެފާނު ގެންނަންވެސް އެމީހުން ބޭނުންވާނެ: ރައީސް

ބަރުލަމާނީ ބޭނުންވަނީ ވެރިކަމުގެ ދަހިވެތިކަމުގައި، ރަސްގެފާނު ގެންނަންވެސް އެމީހުން ބޭނުންވާނެ: ރައީސް

ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނީ ވެރިކަން ބަދަލުވާފަދަ ނިޒާމެއް ދިވެހިރާއްޖެއަށް ގެނައުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ’ނޭޝަން ޗެޓް‘ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad Image
Ads by

ރައީސް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު ދިވެހިން ވަނީ ވަރަށް ސާފު ނިންމުމެއް ނިންމާފައި ކަމަށެވެ. ރާއްޖެއަކީ ވަކިވަކި ރަށްތަކުގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވުމާއެކު، ދިވެހިން ބޭނުންވަނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއް އޮންނާނެ ނިޒާމެއް ކަމަށާއި، އެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކަށް ވާއިރު، ވެރިކަމުގެ ނިޒާމަކީ އެ ސިފަތައް ދަމަހައްޓާނެ ނިޒާމަކަށް ވުމަކީ ރައްޔިތުންގެ އެދުމެއް ކަމަށްވެސް ވިދާޅުވިއެވެ.

”ދިވެހިން އެދެނީ އެ ޚާއްސަ ސިފަތައް ދަމަހައްޓަން. އެހެން ނިޒާމެއް ގެނެސްގެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. މަދު ބަޔަކު އެގޮތަށް ތާއީދުކޮށްފާނެ. އެ ޕާޓީއެއްގެ ލީޑަރުން އެގޮތަށް ނިންމީމަ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތީ ސީދާ ރިޔާސީ ނިޒާމެއް ނޫން ކަމަށް ވީނަމަވެސް، ޤާނޫނުއަސާސީ އޮތްގޮތުން މި ނިޒާމުގައި ގިނައީ ރިޔާސީ ނިޒާމުގެ ސިފަތައް ކަމަށް ރައީސް ވިދާޅުވިއެވެ. ރިޔާސީ ނިޒާމެއްގައި ސަރުކާރުގެ ވެރިއަކީ އަދި ދައުލަތުގެ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ނިޒާމުގައި ރައީސަކީ ސީދާ ރައްޔިތުންގެ އިންތިޚާބަކުން އައްޔަންކުރާ ބޭފުޅެކެވެ. މިއާ ޚިލާފަށް ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އެކުލަވާލަނީ މަޖިލީހުގެ ތެރެއިން ކަމަށާއި، ބޮޑުވަޒީރު ހޮވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ކަމަށް ރައީސް ތަފްޞީލުކޮށްދެއްވިއެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ވަކާލާތުކުރާ ފަރާތްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ފަރާތްތަކުގެ ތެރޭގައި ވެރިކަން ކުރާހިތްވާލެއް ގިނައީ މީހުން ކަމަށެވެ.

”އެހެންވީމަ އެންމެންނަށް އެބަ ޖެހޭ ބޮޑެތި މަޤާމުތައް ދޭން ދެއްތޯ. ރައީސްކަމާއި، ބޮޑުވަޒީރުކަމާއި މިހެން ދެން ކޮންމެވެސް އެހެން ނަމެއް ކިޔާފައިވެސް ދީފާނެ. އޮތިއްޔާ ރަސްގެފާނުވެސް އެ މީހުން ގެންނަން ބޭނުންވާނެ،“ އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނެގުނު ރިފަރެންޑަމްގައިވެސް، ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ނިންމާފައިވަނީ ރިޔާސީ ނިޒާމަކަށް ތާއީދުކުރުމަށެވެ. އޭރުންފެށިގެން މިއަދާ ހަމަޔަށްވެސް އެމްޑީޕީން ދަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތަކުން އެމްޑީޕީ އެދޭ ބަރުލަމާނީއަށް ވަނީ ބޮޑުތަނުން ނޫނެކޭ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި