Saturday, 24 October 2026
Ads by

އެމްޑީޕީގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން: އިބޫ ސޯލިހު

އެމްޑީޕީގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން: އިބޫ ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު.. ފޮޓޯ| ރައީސް އޮފީސް

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އެ ޕާޓީގެ މެންބަރުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

Ad Image
Ads by

މިއަދު އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ރައީސް ސޯލިހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕާޓީގެ ލީޑާޝިޕަށާއި އެންމެހާ ލޮބުވެތި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ.

ރައީސް ސޯލިހުގެ މެސެޖުގައި އެމްޑީޕީން ރާއްޖޭގެ ސިޔާސީ މަޝްރަހަށް ގެނައި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކޮށްފައިވާ ބުރަ މަސައްކަތްތަކަކީ ތާރީޚުން ފެންނަން އޮތް ހަގީގަތެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ކުރިމަގުގެ އަމާޒާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ޕާޓީގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ސާބިތުކަމާއެކު ދެމިތިބުން ކަމަށެވެ.

އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ސިޔާސީ ޕާޓީއެވެ. 2005 ވަނަ އަހަރު އުފެދުނު މި ޕާޓީން ވަނީ މިހާތަނަށް ރާއްޖޭގެ ވެރިކަން ދެ ދައުރެއްގައި ކޮށްފައެވެ. އޭގެ ތެރޭގައި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާއި، އެންމެ ފަހުން ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރު ހިމެނެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރު ފުރިހަމަ ނުވަނީސް އަމިއްލަފުޅަށް ވަނީ އިސްތިއުފާ ދެއްވާފައެވެ. އެހެން ކަމުން 5 އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފައިވާ އެމްޑީޕީގެ ވެރިޔަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ބަޗީ
ބަޗީ
3 މަސް ކުރިން

ތި މީހުންގެ ވެރިކަމުގައި އަހަރެމެން އުޅެން ޖެއްސީ އަޅުވެތިކަމުގައި.

Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި