Wednesday, 9 September 2026
Ads by

އޮސްޓްރޭލިއާ އާއި ޕެރަގުއޭ ބައްދަލުކުރި މެޗު އެއްވަރުވެ، އޮސްޓްރޭލިއާ ދެވަނަ ބުރަށް!

އޮސްޓްރޭލިއާ އާއި ޕެރަގުއޭ ބައްދަލުކުރި މެޗު އެއްވަރުވެ، އޮސްޓްރޭލިއާ ދެވަނަ ބުރަށް!

އޮސްޓްރޭލިއާ އާއި ޕެރަގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން.. ފޮޓޯ| ފީފާ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި، ޕެރަގުއޭއާ ވާދަކޮށް 0-0 އިން އެއްވަރުވެ، އޮސްޓްރޭލިއާ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރަށް ދަތުރުކޮށްފިއެވެ.

Ad Image
Ads by

އެމެރިކާގެ ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، އޮސްޓްރޭލިއާ ވަނީ ގްރޫޕް ޑީގެ ދެވަނަ މަގާމު ކަށަވަރުކޮށްފައެވެ. އެ ޓީމަށް ތިން މެޗުން ލިބިފައިވަނީ ޖުމްލަ ހަތަރު ޕޮއިންޓެވެ. މިއީ ވޯލްޑްކަޕްގެ ތާރީޚުގައި އޮސްޓްރޭލިއާ ނޮކައުޓް މަރުހަލާއަށް ދަތުރުކުރި ތިންވަނަ ފަހަރެވެ.

މެޗުގެ ކުރީކޮޅު އޮސްޓްރޭލިއާއިން ބޮޑުބައި ކޮންޓްރޯލްކޮށް، ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ޓޯނީ ޕޮޕޮވިޗްގެ އިރުޝާދުގެ ދަށުން ކުޅޭ އޮސްޓްރޭލިއާ ޓީމުން މި މެޗަށް ނުކުތީ ހަ ބަދަލަކާއެކުގައެވެ. މެޗުގެ ކުރީކޮޅު ކްރިސްޓިއަން ވޮލްޕާޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެކްސަން އާވިން ފޮނުވާލި ހަމަލާ ޕެރަގުއޭގެ ކީޕަރު އޯލަންޑޯ ގިލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ހާފުގައި ޕެރަގުއޭއިން ކުޅުން ރަނގަޅުކޮށް، އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއެވެ. ވަކިން ހާއްސަކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މައުރީސިއޯ އާއި ހުލިއޯ އެންސީސޯގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައެވެ. ނަމަވެސް، އޮސްޓްރޭލިއާގެ ޑިފެންސްލައިން ހުށިޔާރުކަމާއެކު އެ ހަމަލާތައް ހުއްޓުވިއެވެ.

މި ނަތީޖާއާއެކު ޕެރަގުއޭއަށްވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، އެ ޓީމަށް ދެވަނަ ބުރުގެ ފުރުސަތު ލިބޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ކަމަށްވާތީ، އެ ޓީމަށް ޖެހޭނީ އެހެން ގްރޫޕްތަކުގެ ނަތީޖާ ނުކުންނަ ގޮތަކަށް އިންތިޒާރު ކުރާށެވެ.

ގްރޫޕް ޑީގެ އެއްވަނަ ހޯދީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއެވެ. ދެވަނަ ބުރުގައި އޮސްޓްރޭލިއާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް ޖީގެ ދެވަނަ ހޯދާ ޓީމަކާއެވެ. އެ ގްރޫޕުގައި ހިމެނެނީ މިޞްރު، އީރާން، ބެލްޖިއަމް އަދި ނިއުޒިލޭންޑެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި