Wednesday, 9 September 2026
Ads by

ޖަޕާނާއި ސްވިޑަން މުބާރާތުގެ ގަދަ 32 އަށް!

ޖަޕާނާއި ސްވިޑަން މުބާރާތުގެ ގަދަ 32 އަށް!

ޖަޕާނާއި ސްވިޑަން ބައްދަލުކުރި މެޗުގެ ތެރެއިން.. ފޮޓޯ| އޭއެފްޕީއޭ

އެމެރިކާގެ ޓެކްސަސްގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި، ބުރާސްފަތި ދުވަހު ޖަޕާނާއި ސްވިޑަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ދެ ޓީމުވެސް މުބާރާތުގެ ނޮކައުޓް މަރުހަލާއަށް ދަތުރުކޮށްފިއެވެ. މި ނަތީޖާއާއެކު، ގަދަ 32 ގެ ބުރުގައި ޖަޕާނުން ނުކުންނަން ޖެހޭނީ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލާ ދެކޮޅަށެވެ.

Ad Image
Ads by

އާލިންގްޓަންގެ އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމަށްފަހު، މެޗުގެ 56 ވަނަ މިނެޓުގައި ޑައިޒެން މަައެޑާ ވަނީ ލަނޑެއް ޖަހައި ޖަޕާނަށް ކުރިހޯދައިދީފައެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ސްވިޑަންގެ އެންތަނީ އެލަންގާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

މިއީ ޖަޕާނުން ޖެހިޖެހިގެން ވޯލްޑް ކަޕެއްގެ ގްރޫޕް މަރުހަލާ ފަހަނައަޅައި ދިޔަ ތިންވަނަ ފަހަރެވެ. ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައި ޖަޕާން ކޮލިފައިވިއިރު، އެ ގްރޫޕުގެ އެއްވަނަ ހޯދީ ނެދަލޭންޑްސްއެވެ. އަންނަ ހޯމަ ދުވަހު ހިއުސްޓަންގައި ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ޖަޕާނުގެ ކޯޗު ހާޖިމޭ މޮރިޔާސޫ ބުނީ، ދުނިޔޭގެ ރޭންކިންގެ 5 ވަނައިގައި އޮތް ބްރެޒިލާ ދެކޮޅަށް ކުޅުމަކީ ލިބޭނެ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށާއި، ބްރެޒިލް ބަލިކޮށް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސްވިޑަންއަށް ބަލާއިރު، އެ ގައުމުން ވަނީ 1994 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕަށް ކޮލިފައިވި ކޮންމެ ފަހަރަކުވެސް ނޮކައުޓް ބުރަށް ދަތުރުކޮށްފައެވެ. ސްވިޑަންގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ، މިވަގުތު އެންމެ މުހިންމީ ކުޅުންތެރިންގެ ފިިޒިކަލް ހާލަތު ރަނގަޅު ކުރުން ކަމަށާއި، ދެން ބައްދަލުކުރަން ޖެހޭނެ ޓީމަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
މި މެޗުގައި ޖަޕާނުގެ ގޯލްކީޕަރު ޒިއޯން ސުޒުކީ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. ހާއްސަކޮށް މެޗުގެ ފަހު ވަގުތު އެލަންގާ އާއި އެލެގްޒެންޑަރ އިސާކް ފޮނުވާލި ނުރައްކާތެރި ހަމަލާތައް އޭނާ ވަނީ ދިފާއުކޮށްފައެވެ.

ޖުމްލަ 70،137 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަކީ ޖަޕާނުން ވޯލްޑް ކަޕެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި މުބާރާތެވެ. މި މުބާރާތުގައި މިހާތަނަށް އެ ޓީމުން ވަނީ 7 ލަނޑު ޖަހާފައެވެ. މީގެ ކުރިން އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހިފައިވަނީ 2018 ވަނަ އަހަރުގެ ރަޝިއާ ވޯލްޑް ކަޕްގައެވެ. އެ ފަހަރު އެ ޓީމުން 6 ލަނޑު ޖެހިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި