Sunday, 26 July 2026
Ads by

އިޒްރޭލުގެ ޖަލުތަކުން މިނިވަންވި ނޫސްވެރިޔާ މުފްލިޙްގެ ޙާލަތުން ކަޝްފުވަނީ ޔަހޫދީ ދައުލަތާއި ބައިވެރިންގެ އަސްލު ސޫރަ

އިޒްރޭލުގެ ޖަލުތަކުން މިނިވަންވި ނޫސްވެރިޔާ މުފްލިޙްގެ ޙާލަތުން ކަޝްފުވަނީ ޔަހޫދީ ދައުލަތާއި ބައިވެރިންގެ އަސްލު ސޫރަ

އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިނިވަންކުރި ފަލަސްޠީނުގެ ނޫސްވެރިޔާ މުޖާހިދު ބަނީ މުފްލިޙް ކުރިން (ވާއާތް ފަރާތުގައި) އަދި ފަހުން (ކަނާއަތް ފަރާތުގައި). (ފޮޓޯ ކޮލާޖު)

އެއްވެސް ދަޢުވާއަކާ ނުލައި ނިރުބަވެރި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިނިވަންކުރި ފަލަސްޠީނުގެ ނޫސްވެރިޔާ މުޖާހިދު ބަނީ މުފްލިޙްގެ ހިތްދަތި ފޮޓޯތަކެއް އާންމުވުމާ ގުޅިގެން، ޖަލުތަކުގައި އަސީރުންނާ މެދު އަމަލުކުރާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ.

Ad Image
Ads by

ފަލަސްޠީނުގެ ގައިދީންގެ ޙައްޤުތަކަށް މަސައްކަތްކުރާ ”ޕަލެސްޓީނިއަން ޕްރިޒަނަރ ސޮސައިޓީ“ (ޕީޕީއެސް) އިން ހާމަކުރި ގޮތުގައި، ޖަލުން ދޫކޮށްލިތާ އެންމެ ދެ ދުވަސް ތެރޭގައި މުޖާހިދުގެ ސިކުނޑިއަށް ލޭ އެޅި (ބްރެއިން ހެމަރޭޖު) ހާލަތު ސީރިއަސްވިއެވެ. ސިކުނޑީގެ ގިނަ އޮޕަރޭޝަންތަކެއް ކުރުމުގެ ސަބަބުން އޭނާގެ ބޮލުގެ ނާށިގަނޑުން ބޮޑު ބައެއް މިހާރު ވަނީ ވަކިކޮށްފައެވެ. އޭގެ އިތުރުން، ޖަލުގައި ލިބުނު އަނިޔާތަކާއި ކާނާގެ ދަތިކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ބޮޑު ބައެއް ހިކި، މީހާ މިއަދު ހުރީ މުޅިން ބަދަލުވެފައެވެ.

ނޫސްވެރިޔާގެ އަސަރުގަދަ ބަސްތައް:

ޖަލުން ދޫކޮށްލުމަށްފަހު ފަރުވާ ހޯދަމުންދާ ނޫސްވެރިޔާ މުޖާހިދު ބުނެފައިވެއެވެ: ”ޖަލުގައި ހޭދަކުރި 14 މަސްދުވަހާއި އޭގެ ފަހުން ކުރަންޖެހުނު ފަރުވާގެ ދަތުރަކީ އަހަރެން މުޅި އުމުރަށް ބަދަލުކޮށްލި ކަމެކެވެ. ބަނޑުހައިހޫނުކަމުގެ ޙަޤީޤީ މާނަ އަހަރެން ދަސްކުރީ ޖަލުންނެވެ. ކުޑަ ބާޖުކޮޅެއް އެއީ ބޮޑު ހުވަފެނަކަށް ވެގެންދިޔައެވެ. ބޭސް ގުޅައެއް ލިބުމަކީ އުޑުން އައި ބަރަކާތެއް ފަދަ ކަމެކެވެ. މިއަދު ތަދެއް ނެތި ނިދާލުމަކީ އަހަންނަށް ލިބޭ އެންމެ ބޮޑު ނިޢުމަތެވެ.“

ހުޅަނގުގެ ހުސް ޝިޢާރުތަކާއި ހުޅަނގުގެ ޤައުމުތަކުގެ ޙަޤީޤީ މޫނުމަތި ހާމަވުން

7 އޮކްޓޫބަރު 2023 އިން ފަަށައިގެން އިޒްރޭލުން ހިންގަމުންދާ ފާޅުކަން ބޮޑު ނަސްލުހޭދުގެ ސަބަބުން ޝައްކެއް ނެތް ގޮތުގައި މި ޔަހޫދީ އިސްތިއުމާރީ ވެރިކަން މެދުއިރުމައްޗަށް ފާކޮށް، ޒަމާނުއްސުރެ ހުޅަނގުގެ ޤައުމުތަކުން ދައްކަމުން އައި ”ޑިމޮކްރަސީ، އިންސާނީ ޙައްޤުތައް، އަދި މިނިވަންކަމުގެ“ ހުސް ޝިޢާރުތަކުގެ ނިވަލުގައި ހިންގަމުންދާ ޖަރީމާތައް މިވަނީ އާންމުންގެ ލޯތަކަށް ރައްދުނުކުރެވޭނެ ވަރަށް ތިލަވެފައެވެ. އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުން އެމީހުންގެ ލާދީނީ ފިކުރުތަކާ އުސޫލުތައް މުޅި ދުނިޔެއަށް ލާޒިމްކުރަމުން ދިޔަ ނަމަވެސް، އިޒްރޭލުން ހިންގާ ޤަތުލުޢާއްމާއި، ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް އެޤައުމުތަކުން ވާގިވެރިވަމުންދާ މަންޒަރު މިވަނީ މުޅި ދުނިޔެއަށް ސާފުކޮށް ފެނިފައެވެ. އިޒްރޭލުން ޢާންމު ރައްޔިތުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ހިންގާ މި އަނިޔާވެރި ޢަމަލުތަކަށް އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުން އަސްކަރީ، ޓެކްނޮލޮޖީގެ، އަދި ޑިޕްލޮމެޓިކް އެހީތެރިކަން ދިނުމަކީ އެމީހުންގެ އިންސާނީ ޙައްޤުތަކުގެ ވާހަކައަކީ ހުސް ދޮގުތަކެއްކަން ހާމަވާ ކަމެކެވެ. މީގެ އިތުރުން، ޢަރަބި ޤައުމުތަކުން އިޒްރޭލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅައި، އެމީހުންގެ އަވައްޓެރިން ނެތިކޮށްލުމަށް ފުރުޞަތުދީ، އަދި އެމެރިކާގެ ”ސުލްހައިގެ ރޭވުންތަކާ“ ގުޅެމުންދާ ދިއުމަކީ އެ ޤައުމުތަކުގެ ވެރިންނަށް އެމީހުންގެ ޤައުމުތަކާއި ދީނާއި އަވައްޓެރިންނަށްވުރެ އިޒްރޭލާ އޮތް ގުޅުން މުހިންމުކަން ހާމަވާ ކަމެކެވެ. މި ހުރިހާ ކަމަކުން މިވަނީ އިޒްރޭލާއި އެއަށް ވާގިވެރިވާ ހުރިހާ ޤައުމެއްގެ ޙަޤީޤީ މޫނުވަރު ބޭޒާރުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި