Sunday, 26 July 2026
Ads by

ކުށްކުރާ ކުޑަކުދިންނަށް ދޭންވީ ފަރުވާ، އަދަބެއް ނޫން: ޕީޖީ

ކުށްކުރާ ކުޑަކުދިންނަށް ދޭންވީ ފަރުވާ، އަދަބެއް ނޫން: ޕީޖީ

ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމް: ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ދެމުން އަންނަނީ ފަރުވާ ކަމަށް - ފޮޓޯ:ޕީޖީ އޮފީސް

ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ދެމުން އަންނަނީ ފަރުވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކޮށް ހަނގާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވުމާ ގުޅިގެން ޝަމީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުށްތައް ކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ ފަރުވާދީ އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދިނުން ކަމަށެވެ.

ކުށުގެ ނިޒާމު ކަނޑައެޅިފައި އޮންނަ ގޮތުން ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމަށް ވީނަމަވެސް އޭގެ މާނައަކީ އެ އުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެ ކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުން ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. އެފަދަ ކުށްތައް ކުރާ ކުދިންނަށް ފިޔަވަޅު އެޅޭނެ ކަމަށާއި ފިޔަވަޅު އެޅޭނެ ނިޒާމުތަކާއި އެކަމާ ބެހޭ ގަވާއިދެއް ވެސް އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން އެންމެން ވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެއެވެ. އެހުރިހާ ކުަށަކަށް އަދަބުދީ، ޖަލަށްލީ ހެދިނަމަ، މިއަދު މި ވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައި ނުއެއް ތިބޭނެއެވެ،“ ކުށްކުރާ ކުދިންނަށް ދޭންވީ އަދަބު ނޫން ކަމާއި އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށް ވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ޅަ ސިކުނޑިތަކަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންވީކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވެފައިވެއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ދެނީ ފަރުވާ ކަމުގައެވެ. ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ހަގު ކުރުމަކީ މިކަމުގައި އޮތް ހައްލެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައި ވަނީ އުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށް ލައިފިނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެއް ކަމަށެވެ. އެ ކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެ ކަަމަށާއި ނަތީޖާއަކަށް ވާނީ ކުށުގެ ތެރޭގައި އެ ކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހުން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުށްކުރާ ކުދިންނަށް އޮތް ހައްލަކީ ފަރުވާދީ އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދިނުން ކަމަށެވެ. މިކަން ކުރެވޭނެ ފަންނީ މީހުން ރާއްޖޭގައި އެބަތިބިކަން ފާހަގަކުރައްވާ އޭނާ ވަނީ ކުށްކުރާ އުމުރުގައި އުޅޭ ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެނަމަ، ކާމިޔާބު އިންވެސްޓްމަންޓަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި