Saturday, 24 October 2026
Ads by

ލ. އަތޮޅުގައި ތަރައްގީކުރާ 2 ވަނަ އެއަރޕޯޓް އިސްދޫ-ކަލައިދޫގައި

ލ. އަތޮޅުގައި ތަރައްގީކުރާ 2 ވަނަ އެއަރޕޯޓް އިސްދޫ-ކަލައިދޫގައި

އިސްދޫ-ކަލައިދޫ---

ލ. އަތޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ދެވަނަ އެއަރޕޯޓު އެ އަތޮޅު އިސްދޫ-ކަލައިދޫގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

މިކަން ހާމަކޮށް ހައުސިންގ މިނިސްޓްރީން މީސް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައިވަނީ، ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމަށް އިސްދޫ-ކަލައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ވީޑިއޯގައި ބުނެފައިވާ ގޮތުގައި، ލ. އަތޮޅަކީ ގުދުރަތީގޮތުން ރީތި، ތާރީހީ ގޮތުން މުއްސަނދި އަދި ރަނގަޅު އިގުތިސާދެއް ބިނާކުރުމުގެ ފުރުސަތު އޮތް އަތޮޅެއްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ އަތޮޅު ކުރިއަރައިގެން އަންނައިރު ދަތުރުފަތުރުގެ ނިޒާމު ކުރިއަރުވައި އިތުރު އެއަރޕޯޓަކަށް އެ އަތޮޅުގެ ރައްޔިތުން ބޭނުންވެފައިވާ ކަމަށް ވީޑިއޯގައި ވަނީ ބުނެފައެވެ.

އިސްދޫ-ކަލައިދޫއަކީ ބިމުގެ ގޮތުން ބޮޑު އަދި އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެއްކަމުން، އެ ރަށަށް ބޭނުން ވަނީ ރަނގަޅު އިގުތިސާދެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި ރަށުގެ ވަށައިގެން ހުރި އެހެން ރަށްތަކުގެ ގުދުރަތީ ރީތިކަމާއެކު ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުސަތުތައް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެއަރޕޯޓާއެކު އިސްދޫ-ކަލައިދޫގެ ރައްޔިތުން މިހާރު ކައްދޫއަށް ދިޔުމަށް 45 މިނެޓުގެ ދަތުރެއް ކުރާކަށް ނުޖެހޭނެއެވެ. އެ ރަށުގައި އެއަރޕޯޓު ހެދުމުން ލ. މާބައިދޫ އަދި ދަނބިދޫ ރައްޔިތުންނަށް ވެސް އެކަމުގެ ފައިދާކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ލ. އަތޮޅުގައި އެއަރޕޯޓެއް އޮންނަނީ ހަމައެކަނި ކައްދޫގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި