Wednesday, 9 September 2026
Ads by

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: އަންނަ ބުދަ ދުވަހު މަގުގައި ތާރުއަޅަން ފަށަނީ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: އަންނަ ބުދަ ދުވަހު މަގުގައި ތާރުއަޅަން ފަށަނީ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: އެމްޓީސީސީ

މާލެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް މެކުހަށް ޖަހާލާފައިވާއިރު އަންނަ ހަފުތާގެ ބުދަ ދުވަހު މަގުގެ އެންމެފަހު ސެގްމަންޓުގައި ތާރުއަޅަން ފަށާނެ ކަމަށް މަސައްކަތް ކުރިއަށްގެންދާ ކުންފުނި އެމްޓީސީސީން މިއަދު ބުނެފިއެވެ.

Ad Image
Ads by

އެމްޓީސީސީން މީސް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގުގެ އެންމެފަހު ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ބުދަ ދުވަހު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށާއި މި މަސައްކަތް ކުރީނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެންމެ ފުރަތަމަ ތާރުއަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިންގ މިނިސްޓްރީއާ ހަމައަށެވެ. އެއަށްފަހު ފުރަތަމަ ބައިގައި ތާރުއަޅައި ނިމުމުން ދެން ތާރުއަޅަން ފަށާނީ ފޮރިންގ މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށެވެ.

ތާރުއެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހެންވޭރު ޓާމިނަލުން ފެށިގެން ކާނިވާ ޕާކިންގ ޒޯނަށް ވަންނަ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މަގު ބަންދުކުރި ނަމަވެސް އެ ޕާކިންގ ޒޯނުގައި ވެހިކަލް ޕާކުކުރެވޭނެއެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ނިންމައި އާންމުންނަށް ހުޅުވާލާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ނަރުދަމާއާއި ފެން ލައިނާއި މައި ފެން ހޮޅިލުމުގެ މަސައްކަތާއި ސްޓޯމްވޯޓަރ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަނުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށެވެ. ހަމައެހެންމެ، މަގުގެ ޕޭވްމަންޓުގެ މަސައްކަތުގެ ވެސް އެއްބައި އެއްކޮށް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްގެންދަނީ ދެވަނަ ސެގްމެންޓާއި ތިންވަނަ ސެގްމަންޓްގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގުގެ މިހާރު ތަރައްގީކުރަމުން އަންނަ ސަރަހައްދު އާންމުންނަށް ބަންދުކޮށް، ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ މަސައްކަތް ފެށީ މިދިޔަ މާޗުރި މަހުގެ 23 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި