Sunday, 26 July 2026
Ads by

އީމާންތެރިކަމުގެ އަގު: ދަރިފުޅު ޤުރުއާން ކިޔަވާ ވީޑިއޯއެއްލީ މުސްލިމަކު އުޒްބެކިސްތާނުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

އީމާންތެރިކަމުގެ އަގު: ދަރިފުޅު ޤުރުއާން ކިޔަވާ ވީޑިއޯއެއްލީ މުސްލިމަކު އުޒްބެކިސްތާނުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

އުޒްބެކިސްތާނުގެ ލާދީނީ ޚުދުމުހުތާރު ރައީސް ޝަވްކަތް މިރްޒިޔޮޔޭވް (ކަނާތްފަރާތުގައި) އަދި އޭނާގެ ކުޑަކުއްޖާ ޤުރުއާން ކިޔަވާ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ލީ މައްސަލައިގައި ދަޢުވާ އުފުލުނު އުޒްބެކް މުސްލިމެއް ކަމަށްވާ ސަޢީދު އަދޮލޮވިޗް (ވާތްފަރާތުގައި)

އުޒްބެކިސްތާނުގެ ހަރުކަށި ސެކިއުލާ ޤާނޫނުތަކުގެ ދަށުން، އަމިއްލަ ދަރިފުޅު ކީރިތި ޤުރުއާން ކިޔަވަން އިންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއަށްލީ މުސްލިމް ބަފައަކު ކޯޓުން ކުށްވެރިކޮށް، ބޮޑު ޢަދަދަކުން ޖޫރިމަނާކޮށްފިއެވެ.

Ad Image
Ads by

އޭނާގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަކީ ”ޤަވާއިދާ ޚިލާފަށް ދީނީ ތަކެތި އުފައްދައި، ރައްކާކޮށް، ނުވަތަ ފެތުރުން“ ކަމަށް ބުނާ ދަޢުވާއެވެ. އުޒްބެކިސްތާނުގެ ޤާނޫނު ބުނާގޮތުން، ކޮންމެ ދީނީ ލިޔުމެއް ނުވަތަ ވީޑިއޯއެއް ސޯޝަލް މީޑިއާއަށްލާންވާނީ ސަރުކާރުގެ ދީނީ ކޮމިޓީގެ ޚާއްޞަ ހުއްދައެއް ހޯދުމަށްފަހުގައެވެ.

މުސްލިމުންގެ ބޮޑު އެހީތެރިކަމާއި ރައްދު:

މި ޚަބަރު ފެތުރުމާއެކު، މުޅި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި މުސްލިމުން ވަނީ އެ ބަަފާގެ ޖޫރިމަނާ ދައްކައިދޭން އެދި، އެހީތެރިކަމުގެ އަތް ދިއްކޮށްފައެވެ. ނަމަވެސް، ސަރުކާރުން ދޭ 50 އިންސައްތައިގެ ޑިސްކައުންޓް މުއްދަތު ހަމަވުމުގެ އެއްދުވަސް ކުރިން އޭނާ ވަނީ އަމިއްލައަށް އެ ފައިސާ ދައްކައި ޚަލާޞްކޮށްފައެވެ.

އޭނާ ސޯޝަލް މީޑިއާގައި މުސްލިމުންނަށް ޝުކުރުއަދާކުރަމުން ބުނީ: ”އަހަރެން ޖޫރިމަނާ ކުރީތީ ނުވަތަ އަދަބުދިނީތީ ކުޑަކޮށްވެސް ދެރައެއް ނުވޭ. އެއީ އަހަންނަށް އަދަބު މިދިނީ ވައްކަމެއް ނުވަތަ މަކަރެއް ހަދައިގެންނެއް ނޫން. އަހަންނަށް އަދަބު މިދިނީ ޤުރުއާން ކިޔެވުމުގެ ސަބަބުން. އަހަރެން އުންމީދު ކުރަނީ މީގެ ސަވާބާއި ދަރުމަ މާތް ﷲ ގެ ޙަޟްރަތުން ލިބޭނެ ކަމަށް.“ މި ހާދިސާއިން ހާމަވަނީ ދައުލަތުން ދީނީ ކަންކަން ހުއްޓުވަން ބިރުދެއްކިޔަސް، މުސްލިމުންގެ ހިތްތަކުގައިވާ އީމާންތެރިކަމާއި ކީރިތި ޤުރުއާނަށް އޮތް ލޯބި ފޮހެނުލެވޭނެ ކަމެވެ.

ސެކިއުލަރިޒަމްގެ ޚުދުމުހުތާރުކަން

ސެކިއުލަރ ޑިމޮކްރެސީގެ ޙަޤީޤީ ސޫރައަށް ބަލާއިރު، އެމީހުން ދައްކާ ފަލްސަފާގެ ބަސްމަގާއި ޢަމަލީގޮތުން ބާރު ބޭނުންކުރާ ގޮތްތަކާ ދެމެދު ބޮޑު ފުށުއެރުމެއް ހުންނަކަން ހާމަވެއެވެ. ސެކިއުލަރ ފިކުރުތަކުގެ އަސާސީ ބަހާއަކީ އަމިއްލަ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ވަކި ފަރާތަކަށް ނުޖެހުން ކަމަށް ދަޢުވާކުރި ނަމަވެސް، ތާރީޚާއި މިހާރުގެ ހާދިސާތަކުން އެނގެނީ މިފަދަ ނިޒާމުތަކަށް ދައުލަތުގެ ބާރު ލިބުމާއެކު، މުސްލިމް އާބާދީތަކުގެ ދިރިއުޅުން ކޮންޓްރޯލްކޮށް، ދީނީ ކަންކަމަށް ހުރަސްއަޅާ ބާރަކަށް އެ ބަދަލުވާކަމެވެ. މި ދެއްކުންތެރިކަމުގެ އެންމެ ސާފު އެއް މިސާލަކީ، މިނިވަންކަމުގެ ނަމޫނާއެއްގެ ގޮތުގައި ދުނިޔެއަށް ދައްކާ ފަރަންސޭސިވިލާތެވެ. އެ ޤައުމުން ވަނީ ޤާނޫނީ ނިޒާމުގެ ބޭނުން ހިފައިގެން މުސްލިމުންގެ އަސާސީ ދީނީ މިނިވަންކަމަށް ހުރަސްއަޅައި، ޙިޖާބާއި ނިޤާބު މަނާކޮށް، ދީނީ މުއައްސަސާތައް ހަނިކުރުމަށް ހަރުކަށި ޤާނޫނުތަކެއް ހަދާފައެވެ.

މުސްލިމުންނަށް ހަމައެކަނި އޮތް ޙައްލަކީ އިސްލާމީ ޝަރީޢަތް

މުސްލިމުން ވިސްނަންޖެހޭ ޙަޤީޤަތަކީ، އުނި އިތުރުންތައް އަންނަ، އަދި ކޮރަޕްޝަނުން ފުރިފައިވާ ޑިމޮކްރެސީގެ ނިޒާމަށް ބަރޯސާވެގެން މުސްލިމުންގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ނުލިބޭނެ ކަމެވެ. އިންސާނުންނަށް ބާރުދީގެން، މާތް ﷲ ގެ މުޤައްދަސް ޝަރީޢަތާ ޚިލާފު ޤާނޫނުތައް ހެދުމަށް ފުރުޞަތުދޭ ޑިމޮކްރެސީގެ ސަބަބުން، މުސްލިމް އުންމަތް އަބަދުވެސް އޮންނާނީ ސިޔާސީ އޮއިވަރުތަކުގެ ތެރޭގައި ނިކަމެތިވެފައެވެ. މިއަދު މުސްލިމުންގެ އަޣްލަބިއްޔަތު އޮތް ޤައުމެއް ނަމަވެސް، މާދަމާ ސެކިއުލަރ ފިކުރުގެ ބަޔަކު ނުވަތަ ޒަޔަނިސްޓް ޕާޓީއަކުން ޕާލަމެންޓް ތެރޭގައި ނުފޫޒު ފޯރުވައިފިނަމަ، މުސްލިމުންގެ ޙައްޤުތައް އެއް ރެއެއްގެ ތެރޭގައި އަތުލައި، ހަރުކަށި ޤާނޫނުތައް ފާސްކުރުމުގެ ފުރުޞަތު އެބައޮތެވެ. އެހެންކަމުން، މުސްލިމުން ހޭލާ، ހުޅަނގުން މަޖުބޫރުކޮށްފައިވާ މި ދެއްކުންތެރި ޑިމޮކްރެސީ ދޫކޮށް، މާތް ﷲ ގެ އިލާހީ ޝަރީޢަތަށް އެނބުރި ދާންޖެހެއެވެ. މުސްލިމުންގެ އަބުރާއި، ޢިއްޒަތާއި، ދީނީ މިނިވަންކަމާއި، ލެޔާއި މުދާ ދާއިމީގޮތެއްގައި ރައްކާތެރިކޮށް، ސަލާމަތްތެރިކަން ދެވޭނީ ހަމައެކަނި އިލާހީ ޝަރީޢަތުގެ ދަށުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ބަޗީ
ބަޗީ
27 ދުވަސް ކުރިން

ޑިމޮކްރަސީއަށް ނޫނެކޭ ބުނަން ކެރޭނީ ޙަގީގީ މުސްލިމުންނަށް. މުސްލިމުން މުޑުދާރު ޑިމޮކްރެސީއާކީ އިސްލާމްދީނުގެ ޢަދާވާތްތެރިން އެއްކަން މުޅި ދުނިޔެ އިން މިހާރުވެސް އެހެރަ ފެންނަނީ.

Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި