Wednesday, 9 September 2026
Ads by

ތެލުގެ އަގު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ތިރިވެއްޖެ: ހޮރްމޫޒްއިން ބޮޑު ސަޕްލައިއެއް ބޭރުވަނީ

ތެލުގެ އަގު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ތިރިވެއްޖެ: ހޮރްމޫޒްއިން ބޮޑު ސަޕްލައިއެއް ބޭރުވަނީ

ހޮރްމުޒް ކަނޑުއޮޅި ބަންދުކުރި ފަހުން އެ ސަރަޙައްދަށް އައި ދެވަނަ އުޅަނދުގެ ގޮތުގައި، ޢިރާޤުގެ ބަޞަރާ ކައިރީގައިވާ ދެކުނުގެ އޮފްޝޯރ ތެޔޮ ޓާމިނަލެއްގައި ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ބަރުކުރުމަށް ތައްޔާރުވަމުންދާ 'ހެލްގާ' ތެޔޮ ޓޭންކަރު ޑްރޯންއަކުން ފެންނަ މަންޒަރު، 24 އެޕްރީލް 2026. [ފައިލް: މުޙައްމަދު ޢާޠީ / ރޮއިޓާސް]

މެދުއިރުމަތިން ބޭރުކުރާ ތެލުގެ ސަޕްލައި ކުއްލިއަކަށް އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުތައް ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ވެއްޓިއްޖެއެވެ. ސްވިޒަލޭންޑްގައި ޤާއިމުކުރި ވަގުތީ ސުލްހައިގެ އެއްބަސްވުމާއެކު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން ވެގެންދިޔައީ ބާޒާރުގެ އަގުތަކަށް ބޮޑު ލުޔެއް ލިބުނު ކަމަކަށެވެ.

Ad Image
Ads by

ދުނިޔޭގެ ބާޒާރުގައި މިއަދު ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު 72.52 ޑޮލަރަށް ވެއްޓިއްޖެއެވެ. އަދި އެމެރިކާގެ ޑަބްލިއު.ޓީ.އައި ތެލުގެ އަގު ވަނީ 69.32 ޑޮލަރަށް ތިރިވެފައެވެ. މިއީ ފެބްރުއަރީ 27، 2026 ގެ ފަހުން ތެލުގެ އަގު މިހާ ބޮޑަށް ހެޔޮވި ފުރަތަމަ ފަހަރެވެ.

24 ގަޑިއިރު ތެރޭގައި 20 މިލިއަން ފީފާ ތެޔޮ

އެމެރިކާގެ އެނަރޖީ ސެކްރެޓަރީ ކްރިސް ރައިޓް ހާމަކުރެއްވި ގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް 20 މިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ ވަނީ ހޮރްމޫޒް ކަނޑުއޮޅިން ބޭރުވެފައެވެ. ނަމަވެސް، ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ މައިންތައް ސާފުކޮށް، ދަތުރުތައް 100 ޕަސެންޓް އާންމު ހާލަތަކަށް ގެނައުމަށް އަދި ދެތިން ހަފްތާ ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައި.އެމް.އޯ) އިން މިހާރު ދަނީ އެ ސަރަހައްދުގައި ތާށިވެފައި ތިބި 11،000 އަށްވުރެ ގިނަ ފަޅުވެރިން ރައްކާތެރިކަމާއެކު ބޭލުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

ފީ ނެގުމުގެ މައްސަލައާއި އީރާނުގެ އިންޒާރު

ތެލުގެ އަގު ހެޔޮވި ނަމަވެސް، ކަނޑުމަތީގެ ބާރުވެރިކަމާ މެދު އޮތް ނުތަނަވަސްކަން އަދިވެސް ވަރަށް ބޮޑެވެ. އީރާނުން ބުނަމުންދަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުތަކުން ”މެރިޓައިމް ސަރވިސް ފީ“ އެއް ނަގާނެ ކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އެމެރިކާގެ މައިގަނޑު ސިޔާސަތަކީ ކަނޑުތަކުގެ މިނިވަންކަން ކަށަވަރުކުރުން ކަމަށާއި، އެއްވެސް ޤައުމަކަށް އެތަނުން ފީ ނުނެގޭނެ ކަމަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި